މިއީ ފެންސީކޮށް ތައްޔާރު ކޮށްލެވިދާނެ އެއްޗެކެވެ. ގޭގައި ރެސްޓޯރެންޓް ސްޓައިލްގެ އެއްޗެއް ތައްޔާރުކޮށްލަން ބޭނުންނަމަ ބްރައުނީ ޕުޑިން ތައްޔާރު ކޮށްލުން ރަނގަޅުވާނެއެވެ.

ބޭނުން ވާނެ ތަކެތި:
- 1/2 ކަޕް ފުށް
- 3/4 ކަޕް ކޮކޯ ޕައުޑަރ
- 4 ބިސް
- 1 3/4 ކަޕް ހަކުރު
- 1 ސައިސަމުސާ ވެނީލާ އެސެންސް
- 1 ކަޕް ބަޓަރު
- ވެނީލާ އައިސް ކްރީމް
- ޗޮކްލެޓް ސިރަޕް
ތައްޔާރު ކުރާނެ ގޮތް:
ފުށާއި ކޮކޯ ޕައުޑަރ ތަށްޓެއްގައި މިކްސްކޮށްލާށެވެ. އެ ތަށި ވަކިން ބެހެއްޓުމަށްފަހު އިތުރު ތަށްޓެއްގައި ބިސް އަދި ހަކުރު އަޅައިގެން 5-7 މިނިޓް ވަންދެން އެއްކޮށްލާށެވެ. އެއަށް ފަހު ވެނީލާ އެސެންސް އަޅައި އެއް ކޮށްލާށެވެ. ބަޓަރު ކޮޅު މެލްޓް ކޮށްލުމަށްފަހު ހިހޫ ކޮށްލާފައި އެއްކޮށްލާށެވެ. އެއަށް ފަހު އައިސްކްރީމާއި ޗޮކްލެޓް ސިރަޕް ނޫން ހުރިހާ ތަކެއްޗެއް އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ.
ޓްރޭއަކަށް ކޭކް މިކްސް އަޅައި އެ ޓްރޭއަށްވުރެ ބޮޑު ޓްރޭއެއްގެ ތެރެއަށް ލާށެވެ. އެއަށް ފަހު ބޮޑު ޓްރޭ އަށް ފެން އަޅައި، އަވަނަށް ލައި ފިހެލާށެވެ. ކޭކު ފިހެވުމުން ނަގައި ހިހޫ ކޮށްލާށެވެ.
ވައިން ތަށްޓަކަށް އައިސްކްރީމް ސަމުސަލެއް އެޅުމަށް ފަހު ބްރައުނީ ފޮއްޗެއް މައްޗަށްލައި އޭގެ މައްޗަށްވެސް އައިސްކްރީމް ސަމުސަލެއް އަޅައިލާށެވެ. އަދި މައްޗަށް ޗޮކްލެޓް ސިރަޕް ކޮޅެއް އަޅާލުމުން ތައްޔާރުވީއެވެ.
ކޮމެންޓު ފޮނުވާ