ރާއްޖޭގެ ނެވިގޭޝަނަލް ޗާޓު ވިއްކާލައިގެން ލިބުނީ އެންމެ 8،000 ޑޮލަރު

ރާއްޖޭގެ ނެވިގޭޝަނަލް ޗާޓު ވިއްކާލައިގެން ލިބުނީ އެންމެ 8،000 ޑޮލަރު

Author
މުޙައްމަދު ޝަޒައިމް
20 އޭޕްރިލް 2022 09:25
0

ނިޔަމިކަމުގައި ބޭނުންކުރާ މަޢުލޫމާތު ހިމެނޭ ޗާޓު ވިއްކާލައިގެން ރޯޔަލިޓީގެ ގޮތުގައި 8278.02 ޑޮލަރު ރާއްޖެއަށް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ޗާޓް ރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ. އޭގެއިތުރުން، ފަހުމުނާމާގައި ޗާޓް ވިއްކުމާ ގުޅޭގޮތުން އެއްބަސްވެފައިވާ ގޮތަށް ޖޮއިންޓް ސަރވޭއިން ތައްޔާރުކޮށްފައިވާ ޗާޓްތަކުގެ ތެރެއިން މިހާތަނަށް އިންޑިއާއިން ވިއްކި ޗާޓުތަކުން ރާއްޖެއަށް ލިބެންވާ ރޯޔަލްޓީ ފައިސާގެ ޗެކް ވެސް ވަނީ ހަވާލުކޮށްފައެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ، ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރެވެ. ހައިޑްރޮފީ ދާއިރާއިން ސަރވޭ ކުރެވުނު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރޯޔަލްޓީގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ރަމްޒީ ޗެކާ ރާއްޖެއިން ހަވާލުވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޒަމީލްއެވެ.

އަދި، ދެ ގައުމު ރަމްކޮށްދޭ ކްރެސްޓް ނުވަތަ ނިޝާން ހިމަނައިގެން ޕްރިންޓް ކުރި ޖޮއިންޓްލީ ސަރވޭޑް ޗާޓްއާ މޯލްޑިވްސް ހައިޑްރޮގްރެފިކް ސަރވިސްގެ ފަރާތުން ރަސްމީކޮށް ހަވާލުވެލެއްވީ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންސޫރެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓެއް އިންޑިއާ އިން ހެދީ ދިވެހި ސަރުކާރާ އެކު ސޮއި ކުރި ހައިޑްރޯގްރަފިކް އެއްބަސްވުމުގެ ދަށުންނެވެ. ސިއްރު ކޮށްފައިވާ މި އެއްބަސްވުމުގެ ދަށުން ހަދާ ހައިޑްރޯގްރަފިކް ސާވޭއިން ހޯދާ މައުލޫމާތާއި ސާވޭއަށް ފަހު ތައްޔާރުކުރާ ރާއްޖޭގެ ނެވިގޭޝަނަލް ޗާޓް ވިއްކުމުގެ ހުއްދަ އިންޑިއާ އަށް ލިބެއެވެ.

2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ހައިޑްރޮގްރަފީގެ ސަރވޭތައް ފެށިފައިވީ ނަމަވެސް މިހާރު ވަކި ނިޒާމެއްގެ ތެރެއިން ސިސްޓަމެޓިކްކޮށް ދިވެހިރާއްޖޭގައި ހައިޑްރޮގްރަފިކް ޚިދުމަތް ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ދިވެހިރާއްޖެއަކީ، %99.7 ކަނޑު ހިމެނޭ ޤައުމަކަށްވެފައި ކަނޑުމަތީގައި ދިމާވާ ހާދިސާތައް މަދުކުރުމަށާއި، ހާދިސާއެއް ދިމާވާ ހާލަތުގައި އަވަސްކަމާއެކު ޙަރަކާތްތެރިވުމަށް މި ޗާޓުތަކުގެ ސަބަބުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.

މިގޮތުން ހައިޑްރޮގްރަފީގެ ޚިދުމަތް ދިވެހިރާއްޖޭގައި ޤާއިމްކުރުމަށްޓަކައި ދެ ޤައުމުގެ މެދުގައި ސޮއިކުރެވުނު ފަހުމުނާމާގައި އެއްބަސްވެފައިވާ ގޮތަށް ދިވެހިރާއްޖޭގައި ހައިޑްރޮގްރެފިކް ޚިދުމަތް ޤާއިމް ކުރުމަށް އިންޑިއާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންްކަމަށްވެސް ޤައުމީ ދިފާޢީ ބާރުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަލީމާ
Naashigandeh hifaigen salaam jahan higiyus thiyah vure ginain libeyne mee balaa verikameh gaumu vihkaa huskohfi