ފުލުހުންގެ އޮފިސަރުންތަކެއް މީހަކަށް ޓޯޗަރކުރި މައްސަލަ އެޗްއާރުސީއެމް އިން ބަލަން ފަށައިފި

ފުލުހުންގެ އޮފިސަރުންތަކެއް މީހަކަށް ޓޯޗަރކުރި މައްސަލަ އެޗްއާރުސީއެމް އިން ބަލަން ފަށައިފި

Author
މުޙައްމަދު ޖިމީ
11 ނޮވެމްބަރ 2020 09:45
0

އައްޑޫ ސިޓީ ފޭދޫގައި ފުލުސް އޮފިސަރުންތަކެއް މީހަކަށް ޓޯޗަރކުރިކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަޙްގީގުކުރަން ފަށައިފިއެވެ.

ފުލުހުންގެ އޮފިސަރުންތަކެއް މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ. އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި މިނިވަން މުއައްސަސާތަކުން ކުރިއަށް ގެންދާ އެ މައްސަލައިގެ ތަހުގީގަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުންގެ އޮފިސަރުންތަކެއް މީހަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލަ މިހާރު އެޗްއާރުސީއެމް އިންވެސް ތަޙްގީގުކުރަމުން އަންނަކަމަށާއި، މިމައްސަލަ ބަލަމުންދަނީ އެންޓި ޓޯޗަރ ޤާނޫނު 2013 ގެ ދަށުންކަމަށްވެސް އެޗްއާރުސީއެމް އިން ބުނެއެވެ.

އެންޓި ޓޯޗަރގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތައް ބަޔާންކުރުމާއި، އެފަދަ އަދަބުދޭ ފަރާތްތަކާއި އެފަދަ ޢަމަލު ހިންގާ ހިތްތަކުން އެކުރާ އެކުރާ ކަންކަމަކީ ކުށްކަމުގައި ކަނޑައަޅައި، އެފަރާތްތަކަށް އަދަބުދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

ފުލުހުންގެ އޮފިސަރުންތަކެއް މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދި އޭނާގެ އާއިލާއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އެކަމާއި ގުޅޭ ކޮމިޓީއަށްވެސް ހުށައަޅާފައެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް އެއާއިލާއިން ސިޓީއެއް ފޮނުވާފައިވާއިރު، އެސިޓީގައި ވަނީ އެޒުވާނާ ހައްޔަރުކޮށްފައިވަނީ ފޭދޫ މަގެއްގެ މަތީގައި ހުުއްޓާކަމަށާއި، އޭނާ ބިޑިއަޅުވާ ގައިގައި ތަޅާ ޖިސްމާނީ އަނިޔާ ކޮށްފައިވާކަމށްވެސް ސިޓީގައި ބުނެފައިވެއެވެ. އާއިލާއިން ވަނީ އެ ޒުވާނާއަށް ފުލުހުން ބިރު ދައްކާ ޓޯޗާ ކޮށްފައިވާ ކަމަަށްވެސް ތުހުމަތު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.