ވެއިޓަރު މަރާލި މައްސަލައިގައި ހައްޔަރު ކައްކާގެ ބަންދަށް 15 ދުވަސް

ވެއިޓަރު މަރާލި މައްސަލައިގައި ހައްޔަރު ކައްކާގެ ބަންދަށް 15 ދުވަސް

Author
މުޙައްމަދު ޝަޒައިމް
18 އޭޕްރިލް 2022 09:07
0

ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރެންޓްގެ ވެއިޓަރަކަށް ހަމަލާދީ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕާކިސްތަނު މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އެ ރެސްޓޯރެންޓްގެ ކައްކާއެވެ. ހާންޖީ ރެސްޓޯރެންޓްގައި ތޫނު އެއްޗަކަން ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަަމަލާދިނުމަށްފަހު، އެ ރެސްޓޯރަންޓްގެ ކައްކާއަކަށް މަސައްކަތްކުރާ ޕާކިސްތާނު މިހާ ވަނީ ފިލާފައެވެ. ފުލުހުން ވިދާޅުވީ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރުކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތި ސަރަހައްދުންކަމަށެވެ. ތަޙުގީގީ މަރުޚަލާގައި މި މީހާ ބަންދުގައި ބަހައްޓައިދޭން އެދުމުން، ކޯޓުންވަނީ 15 ދުވަސް ޖަހައިދީފައެވެ.

ހުޅުމާލޭ ނިރޮޅުމަގުގެ 19 ވަނަ ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓް ތެރޭ ހިނގި މި ހާދިސާގައި ވަޅިޔަކުން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ އެ ތަނުގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާ މަރުވީ ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައިކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ރެސްޓޯރަންޓް ތެރޭގައި ހިނގި ދެ ބަސްވުމެއްގެ ޕާކިސްތާނު ކައްކާ ބަންގްލަދޭޝް މީހާ ހަށިގަނޑުގެ ތިން ތަނަކަށް ވަޅިން ހަމަލާދީފައިވާކަމަށް މަންޒަރު ދުށް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި މި ދެ މީހުންގެ މެދުގައި މީގެކުރިންވެސް ބައެއް ދެބަސްވުންތައް ހިނގާފައިވާކަމަށް އެތަނުގައި މަސައްކަތް ކުރާ ބައެއް މީހުން ވަނީ ބުނެފައެވެ. ފިލައިގެން އުޅުނު ޕާކިސްތާނު މީހާ ހައްޔަރުކުރުމަށްފަހު ފުލުހުން ވިދާޅުވީ އޭނާގެ މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަހުޤީޤްކުރަމުންދާކަމަށެވެ.

މިހާދިސާގައި މަރުވި ބަންގްލަދޭޝް މީހާ ރެސްޓޯރަންޓް ތެރެއަށް ވެއްޓިފައި އޮތް ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. މި ވީޑިއޯއިން ފެންނަގޮތުގައި އެމީހާ ލައިގެން އޮތް ޓީޝާޓް އޮތީ ލެއިން ފޯވެފައެވެ. އަދި އެމީހާގެ ފުރާނަ ސަލާމަތްކުރުމަށް އެހެން މީހަކު ސީޕީއާރު ދޭތަންވެސް މި ވީޑިއޯއިން ފެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.