ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު 7 މީހަކު ހައްޔަރުކޮށްފި

ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު 7 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
11 ނޮވެމްބަރ 2020 07:38
0

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއަމަލު ހުއްޓުވާ، ބަޔަކު ހައްޔަރުކޮށް، އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި، އަދި ތ. ތިމަރަފުށީގައިއެވެ. މި އޮޕަރޭޝަންގައި މާލެ އިން މީހަކު، ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހަކު އަދި ތިމަރަފުށިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ފުލުުން ބުނެއެވެ.

މިމައްސަލާގައި ފުލުހުން ދަނީ މިހާރު ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ފުލުުހުން ވިދާޅުވީ މިވަގުތު ކުރިއަށް ގެންދަނީ ބަލާފާސްކުރުމުގެ މަަސައްކަތް ކަމަށާއި، މާލެއާއި، ތިމަރަފުށީގެ ބައެއްތަންތަން މިހާރުވެސް ބަލައި ފާސްކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ދޭތެރެ ދޭތެރެއިން ހަރުކަށި ފިކުރުގެ މީހުން ޓެރަރިޒަމްގެ ހަމަލާތައް ރާވައި ހިންގުމަށް މަސައްކަތްކުރެއެވެ. އަދި ރާއްޖެއިން ބޭރަށްވެސް ގިނަ އަދަދެއްގެ ދިވެހިން ހަނގުރާމަތަކަށްގޮސް ހަރުކަށި ޖަމާއަތްތަކާއި ގުޅިގެން ހަގުރާމަތަކުގައި ބައިވެރި ވުމަކީވެސް ދޭތެރެ ދޭތެރެއިން ފެންނަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.