އެމްޑީޕީގެ ސަރުކާރު ދޮޅުއަހަރުން ނިންމާލަން ބޭނުންވާ މީހަކު ޗެއާޕާސަނަކަށް ގެންނަން ހެޔޮނުވާނެ: ރޮޒޭނާ

އެމްޑީޕީގެ ސަރުކާރު ދޮޅުއަހަރުން ނިންމާލަން ބޭނުންވާ މީހަކު ޗެއާޕާސަނަކަށް ގެންނަން ހެޔޮނުވާނެ: ރޮޒޭނާ

މިހާރު ވެކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސަރުކާރު ދޮޅުއަހަރުން ނިންމާލާ މީހަކު ޗެއާޕާސަނަކަށް ގެންނަން ހެޔޮ ނުވާނެކަމަށް މިއިންތިޚާނުގައި އެމްޑީޕީގެ އަންހެނުންުގެ ރޫޚުގެ ރައީސްގެ މަޤާމަށް ވާދަކުރާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭނާ މިހެން ވިދާޅުވީ ޗެއާޕާސަންގެ ކެމްޕެއިންގައި ލ.ގަމުގައި އިންތި ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުންނެވެ. ރޮޒޭނާ ވަނީ އިންތި ދެއްކެވި ވާހަތަކަށް ބަހުގެ ހޫނު ހަމަލާތަކެއް ދީފައެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިންތިޚާބު ކުރާ މީހެއްގެ ވިސްނުން މިހާރު އޮތް އެމްޑީޕީގެ ސަރުކާރު ދެޅު އަހަރުން ނިންމާލަން އެދޭ މީހަކު އެމަޤާމަށް ގެނައުމަކީ ބުއްދި ވެރިކަމެއް ނޫންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

އެމްޑީޕީ މެމްބަރުން ބޭނުންވަނީ ސަރުކާރު ދޮޅު އަހަރަށް އޮންނާކަށް ނޫން. 2023 ގައިވެސް އެމްޑީޕީ ސަރުކާރު އޮންނަން. އެމްޑީޕީގެ ސަރުކާރު ދޮޅު އަހަރުން ނިންމާލަން އުޅޭމީހަކު ޗެއާޕާސަން އަކަށް ގެނައުމަކީ ކިހާ ބުއްދިވެރި ކަމެއްތޯ؟ އަޅުގަނޑު ބޭނުމީ ސަރުކާރާއި ގުޅިގެން 2023 ހޯދަން މަސައްކަތް ކުރާނެ ޗެއާޕާސަނެއް.

– ރޮޒޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަކީ އިދިކޮޅު މުޒާހަރާއެއްހެން ސިފަވާ ގޮތަށް އާންމު މެމްބަރުންނަށް ވިސްނައިދީ ވާހަކަ ދެއްކުމަކީ މަޤާމަށް ކުފޫ ހަމަނުވާކަން ހާމަވާ ކަމެއްކަމަށްވެސް ރޮޒޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ކޮންމެ މަޤާމަކަށްވެސް ވާދަކުރާ މީހަކަށް އެގެންޖެހޭ ކަމަކީ އެމްޑީޕީ އަކީ މިވަގުތު ވެރިކަން ކުރާ މައި ޕާޓީތަކަމާއި އެކަން ނޭގޭ މީހަކު މިފަދަ ޒިންމާދާރު މަޤާމަކަށް ކުރިމަތި ލުމަކީވެސް ހަމަ ޖެހޭ ކަމެއް ނޫންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

މިފެންނަނީ ފަޔާ ހޮވަންޖެހޭ ސަބަބު! އެމްޑީޕީ ޗެއާޕާސަން އަކަށް އަންނަ މީހާއަށް އެބަ އެގެންޖެހޭ މީ ސަރުކާރު ހިންގާ ޕާޓީކަން. މި ޕާޓީ މިވަގުތު ހިންގަން ޖެހޭނީ އެގޮތަށް! އިދިކޮޅު މުޒާހަރާއެއް ހެން އެތެރޭގެ އިންތިޚާބު ސިފަވާ އިދިކޮޅު ސްޓައިލްގައި ތާށިވެ ހުރި މީހަކަށް މިކަމެއް ނުވާނެ.

– ރޮޒޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އަންނަ މީހެއްގެ ޒިންމާއަކީ ޕާޓީއާއި، ސަރުކާރާއިއެކު މަސައްކަތްކޮށް، ނަތީޖާ ނެރުންކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އެއްގޮތަކަށްވެސް ޗެއާޕާސަންގެ ޒިންމާއަކީ ސަރުކާރާއި ދުރުން މަސައްކަތް ކުރުން ނޫންކަމަށާއި، ސަރުކާރާއި އެކީ ކުރިއަށް ގޮސް 2023 ކާމިޔާބު ކުރުމަކީ އަމާޒަށް ވާންޖެހޭކަމަށެވެ. އެނޫން ނިޔަތެއްގައި މަސައްކަތް ކުރާ މީހެއްގެ ނިޔަތާއިމެދު ސުވާލު އުފެދޭކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަކަށް އަންނަ މީހަކީ ޕާޓީ އެއްކޮށް، ސަރުކާރާއި ޕާޓީގެ އާންު މެމްބަރުންނާއި ގުޅުވާލާ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެވޭ ގޮތަށް އެމްޑީޕީ ހިންގާ މީހަކަށް ވާންޖެހޭ. މިހާ ފިތުނަވެރިކޮށް، ރުޅި ވެރިކަމާއިއެކު ވާހަކަ ދައްކައިގެން ޕާޓީ އެކަތިގަނޑަކަށް ނުހެދޭނެ.

– ރޮޒޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އިންތިގެ ޓީމުގެ ގިނަ ބޭފުޅުންގެ ވާހަތަކުގައި އެންމެ ބޮޑަށް ފާހަގަ ކުރާ ކަމަކީ މިސަރުކާތަށް ބާކީ އޮތީ ދޮޅު އަހަރުކަމެވެ. އެއަށްފަހު އެމްޑީޕީގެ ވެރިކަމަކަށް މަސައްކަތް ކުރާނެ ވާހަކަވެސް އަދި އެމްޑީޕީގެ ވެރިކަމެއް ގެނައުމަށް ކުރެވޭ ތަސައްވަރެއްގެ ވާހަކަވެސް ދައްކާފައި ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *