ޗީޒް ހިމެނޭ ތަފާތު ކާނާތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ބާވަތްތަކެކެވެ. އެގޮތުން މިއަދު މި އޮތީ ޗީޒް ސޭންޑްވިޗް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުން ވާނެ ތަކެތި:
- 8 ފޮތި ޕާން
- 4 މޭޒުމަތި ސަމުސާ ބަޓަރު
- 4 ފޮތި ޗެޑާ ޗީޒް
ތައްޔާރު ކުރާނެ ގޮތް:
ކޮންމެ ޕާން ފޮއްޗެއްގެ އެއް ފަތާރުގައި ބަޓަރު ކޮޅެއް އުނގުޅާލާށެވެ. އެއަށް ފަހު ބަޓަރު ނުއުނގުޅާ ފަޅީގައި ޗީޒްފޮތި ބޭއްވުމަށް ފަހު މަތިން ޕާން ފޮއްޗެއް ޖަހައި ތަވާގައި ޓޯސްޓް ކޮށްލާށެވެ.
ކޮމެންޓު ފޮނުވާ