ޕޮޕްކޯން ޗިކަން އަކީ ވަރަށް ކްރަންޗީ، ހަދާލަން އެހާ ފަސޭހަ އަދި ހުރިހާ އުމުރަކާވެސް ގުޅޭ ކާއެއްޗެކެވެ. މިއީ ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. ތައްޔާރު ކޮށްލަން މާގިނަ ވަގުތެއް ބޭނުމެއް ނުވާނެއެވެ.

ބޭނުން ވާނެ ތަކެތި:
- 1 ޗިކަން ބްރެސްޓް (އިންޗި އަކުން އިންޗި އަކުން ކޮށާލާފައި)
- 5 މޭޒުމަތީ ސަމުސާ ފުށް
- 1 މޭޒުމަތީ ސަމުސާ ލޮނު
- 1 މޭޒުމަތީ ސަމުސާ އިނގުރު ޕައުޑަރު
- 1 ޖޯޑު ބަޓަރ މިލްކް
- 2 ޖޯޑު ބްރެޑް ކްރަމްބްސް
- 1 ޖޯޑު ތެޔޮ
ތައްޔާރު ކުރާނެ ގޮތް:
ތަށްޓެއްގައި ފުށް، ލޮނު، އަދި ގާލިކް ޕައުޑަރު އެއްކޮށްލާށެވެ. އެއަށް ފަހު އެހެން ތަށްޓަކަށް ބަޓަރ މިލްކް ކޮޅު އެޅުމަށްފަހު އިތުރު ތަށްޓަކަށް ބްރެޑް ކްރަމްބްސް ކޮޅުވެސް އަޅާލާށެވެ.
އެއަށް ފަހު ކުކުޅު ކޮޅު އެންމެ ފުރަތަމަ ފުށް ހުރި ތަށްޓަށް ލުމަށްފަހު ރަނގަޅަށް ފުށްކޮޅު އެއްވަރަކަށް ކުކުޅު ކޮޅުގައި ހާކާލާށެވެ. އެއަށްފަހު ބަޓަރ މިލްކް ހުރި ތަށްޓަށް ކުކުޅުކޮޅު އަޅައި ކުކުޅުގައި ރަނގަޅަށް ބަޓަރ މިލްކް އުނގުޅާލާށެވެ. އެއަށް ފަހު ދެން ބްރެޑް ކްރަމްބްސް އަށް ލުމަށްފަހު ތެޔޮގަނޑަށް ލައި ބްރައުން ކުލަ އަރަންދެން ތެލުލާށެވެ.
ކޮމެންޓު ފޮނުވާ