ރެސިޕީ: ފެންސީ ޗިކަން ރެސިޕީ

ރެސިޕީ: ފެންސީ ޗިކަން ރެސިޕީ

Author
ފާތިމަތު ނާވީ
18 އޭޕްރިލް 2022 08:28
0

ފެންސީ ޗިކަން ރެސިޕީ އަކީ ޕާން ނުވަތަ ބަނަހާ އެކުގައި ވެސް ކެވިދާނެ ސެލެޑެކެވެ. ހަށިގަނޑަށް ފައިދާ ހުރި މި ސެލެޑަކީ ރޯދަ ވީއްލަން ނުވަތަ ހާރުދަމަށްވެސް ވަރަށް ރަނގަޅު ބާވަތެކެވެ.

ބޭނުން ވާނެ ތަކެތި:

  • 4 ކަޕް ކުކުޅު (ކައްކާފައި ޑައިސްކޮށް ކޮށާފައި)
  • 2 ޖޯޑު ކެޕްސިކަމް (ރެޑް ޔެލޯ އަދި ގްރީން)
  • 1 ޖޯޑު ސެލެރީ (ކުދިކޮށް ކޮށާފައި)
  • 1/2 ޖޯޑު ފިޔާ (ޑައިސްކޮށް ކޮށާފައި)
  • 1 ޖޯޑު ބްރޮކޮލީ
  • 1 ޖޯޑު ކޯލީ ފްލާވާ
  • 2 ތޮޅި މިރުސް

ސެލެޑް ޑްރެސިންގ އަށް 

  • 1/2 ޖޯޑު މަޔޮނައިޒް
  • 1/2 ޖޯޑު ޕްލޭން ޔޯގަޓް
  • 2 މޭޒުމަތި ސަމުސާ ލުނބޯ ހުތް
  • 1/2 ސައިސަމުސާ ލޮނު އަދި އަސޭމިރުސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ސެލެޑް ޑްރެސިންގ އަށް ބޭނުން ވާ ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ދެންހުރި ހުރިހާ ތަކެއްޗެއް، މަޑުމަޑުން ފަހަރަކު އެއްޗެއް އެއްކޮށްލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.