އިއްޔެގެ ހަވީރުގެ ވަގުތެއްގައި، ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަމަލާދީ އޭނާ މަރާލި ކަމަށް ތުހުމަތުވާ ޕާކިސްތާނުގެ ޝެފް ފިލައިގެން އުޅެނިކޮށް، ފުލުހުން އޭނާ ހޯދައި ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފިއެވެ.
އޭނާ ހައްހަރު ކޮށްފައިވާކަން ފުލުހުން ކުރި ޓުވީޓެގައި އޭނާ ހައްޔަރު ކޮށްފައި ވާކަމް ހާމަ ކޮށްފައިވި ނަމަވެސް، އޭނާ ހޯދި ތަނެއް ހާމަކޮށްފައެއް ނުވެއެވެ.
We have apprehended Muhammad Abid, 26-year-old male Pakistani national, in relation to the homicide.
This case is being investigated by the Serious and Organized Crime Department of Maldives Police Service with utmost diligence.
— Maldives Police (@PoliceMv) April 16, 2022
ހުޅުމާލޭގައި ހިންގާ ރެސްޓޯރެންޓެއްގައި ބިދޭސީ މީހަކަށް ހަމަލާދީ މަރާލާފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވަނީ، އެ މީހާ މަރުވީ އެ ތަނަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ 5:30 ވާން އުޅެނިކޮށެވެ. މަރާލާފައިވަނީ ހުޅުމާލޭގައި ހިންގަމުންދާ ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނީ އެ މީހާއަށް ވަރަށް ބޮޑަށް ޒަހަމުކޮށްލާފައިވާ ކަމަށެވެ. އޭނާއަށް ހަމަލާދީފައިވަނީ ޕާކިސްތާނު މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ހަމަލާ ދިނުމަށް ފަހު ޕާކިސްތާނު މީހާ ވަނީ ފިލާފައެވެ.
ހާންޖީ ރެސްޓޯރެންޓަކީ ގިނަ އަދަދެއްގެ ޕާކިސްތާނު މީހުން މަސައްކަތް ކުރާ ރެސްޓޯރެންޓެކެވެ. ފުލުހުން ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައިކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭކަމަށެވެ.
މިމައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ. އަދި ފުލުހުން ވަނީ ހަމަލާދިން ރެސްޓޯރެންޓް ބަންދުކޮށް، އެސަރަހައްދުގައި ހަރަކާތްތެރި ވެފައެވެ.
ކޮމެންޓު ފޮނުވާ