ބަންގްލަދޭޝް ވެއިޓަރު މަރާލި ޕާކިސްތާން މީހާ ހޯދަން އާންމުންގެ އެހީއަށް

ބަންގްލަދޭޝް ވެއިޓަރު މަރާލި ޕާކިސްތާން މީހާ ހޯދަން އާންމުންގެ އެހީއަށް

Author
މުޙައްމަދު ޝަޒައިމް
16 އޭޕްރިލް 2022 08:59
0

ހުޅުމާލޭގެ ރެސްޓޯރެންޓެއްގެ ތެރޭގައި ވަޅިން ހަމަލާ ދީ ބަންގްލްދޭޝް މީހާ މަރާލި މައްސަލައިގައި ޕާކިސްތާން މީހަކު ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ މިމަރާއި ގުޅިގެން ހޯދަމުން ދަނީ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ނަމަކަށް ކިޔާ ޕާކިސްތާން ރައްޔިތެއްކަމަށެވެ. ފޮޓޯއާއިއެކު ފުލުހުން ވަނީ އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ފުލުހުން ބުނެފައިވަނީ އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަމަ 119 އަށް ގުޅައި ހިއްސާ ކުރުމަށް އެދޭކަމަށެވެ.

ފުލުހުން ވިދާޅުވީ މަރާލާފައިވާ މީހާއަކީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ. މި ހާދިސާއާ ބެހޭ ގޮތުން ފުލުހުން އިރުތަށް ވިދާޅުވީ ހުޅުމާލޭގެ ރެސްޓޯރެންޓެެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓު ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މީގެ އިތުރުން، އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މިޙާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި ހުންނަ "ޚާންޖީ" ރެސްޓޯރެންޓުގައި މަސައްކަތްކުރާ ދެ ބިދޭސީއެއްގެ ދެމެދުގައެވެ. އެދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ބަންގްލަދޭޝް މީހާ މަރާލާފައެވެ. އޭނާ ވަނީ މަރާލުމަށްފަހު ފިލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.