ރައީސް ޞާލިހުވަނީ ރައީސް ޔާމީން ހިފެހެއްޓިވި ޤައުމިއްޔަތުގެ ސިފަތައް ނެތި ކޮށްލާފަ: ޝިޔާމް

ރައީސް ޞާލިހުވަނީ ރައީސް ޔާމީން ހިފެހެއްޓިވި ޤައުމިއްޔަތުގެ ސިފަތައް ނެތި ކޮށްލާފަ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
11 ނޮވެމްބަރ 2020 04:54
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވަނީ ރައީސް ޔާމީން މިޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްޤުލާލު ހިފެއްޓެވުމަށް އަޅުވާފައިވާ ހަރުދަނާ ފިޔަވަޅުތައް ދޫކޮށް ޤައުމު ނުރައްކަލަކަށް ވައްޓާލާފައި ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަސް ފާހަގަ ކުރަމުންދާއިރު ޤައުމު ހާލަތު އޮތް ގޮތަށް ބަލާލައި ޝިޔާމް ވިދާޅުވީ މިއަދު ފެނިގެންދަނީ ޤައުމުގެ ހުރިހާ ދިމާލަކުން އިޖުތިމާއީ، އިޤްތިޞާދީ ފޭރާން ރޫޅި ޤައުމުގެ މިނިވަންކަމަށް ބުރޫއަރާ ހިސާބަށް ގޮސްފައިވާ މަންޒަރުކަމަށެވެ. ރައީސް ޔާމީން މިޤައުމުގެ ވެރިކަމާއި ހަވާލުވެ އަޒުމް ކަނޑައަޅައި ހިފެހެއްޓެވި އަސާސްތައް މިއަދު ދޫކޮށް މިނިވަންކަން ގެއްލޭ ހިސާބަށް ޤައުމުގެ ކަންކަން ގޮސްފައިވާކަމަށް ޝިޔާމް ވިދާޅުވިވެއެވެ.

ރާއްޖޭގެ އިސްލާމީ ވަހުދަތާއި، މިނިވަންކަން ހަރުދަނާކަމާއިއެކު ރައީސް ޔާމީންގެ ޒަޢާމަތުގައި ހިފެއްޓިފައިވާއިރު، މިއަދުގެ ވެރިކަމުން ފެނިގެން މިދަނީ ޤާއުމިއްޔަތު ނެތިކޮށް ޤައުމު ނުރައްކަލަށް ވެއްޓިފައިވާ މަންޒަރުކަމަށެވެ.

ރައީސް ޔާމީން ކުރެއްވީ ޤައުމު އާރާސްތު. ހިތްޕެވީ ސަރަހައްދުގެ އެންމެ ފުދުންތެރި ޤައުމަކަށް ރާއްޖެ ހައްދަވަން. ހިފެހެއްޓެވީ އިސްލާމީ ރިވެތި އުސޫލުތައް. ޔަގީން ކުރެއްވީ މިނިވަންކަމާއި އިސްތިޤުލާލު. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވީ ޤައުމާއި ރައްޔިތުން ނިކަމެތި. ގެއްލުވާލީ ވެރިކަމުން ޖުމްހޫރިއްޔަތުގެ ސިފަ.

– އަހުމަދު ޝިޔާމް ވިދާޅުވިވެއެވެ.

ރާއްޖޭގެ ޖުމްހޫރިއްޔަތަށް 52 އަހަރު މިއަދު ފާހަގަކުރާއިރު އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް ސަރުކާރުން ގެންގުޅެމުންދާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ޤައުމު އަޅުވެތިވެ މިނިވަންކަމަށް ބުރޫ އަރާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.