ރެސިޕީ: ބިސްކޯދު ފަޖް

ރެސިޕީ: ބިސްކޯދު ފަޖް

Author
ފާތިމަތު ނާވީ
17 އޭޕްރިލް 2022 06:56
0

ރޯދަ ވީއްލާ ގަޑީގައި ސުފުރާމަތި ފަޅުފިލުވާލަން މިއަދު މި ގެނެސްދެނީ ބިސްކޯދު ފަޖް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުން ވާނެ ތަކެތި:

  • 1 ޕެކެޓު މާރީ ބިސްކޯދު (ފުނޑުކޮށްފައި)
  • 1 ދަޅު ގެރިކިރު
  • 125ގ ބަޓަރު
  • 2 މޭޒުމަތީ ސަމުސާ އައިސިން ޝުގާ
  • 3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑާ
  • 140ގ ކެޝޫނަޓް (މެދުން ފަޅައި ހަނާކޮށްފައި)

ތައްޔާރު ކުރާނެ ގޮތް:

ބަޓަރު ހޫނުކޮށްލާފައި އައިސިން ޝުގާ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން އޭގެތެރެއަށް ގެރިކިރު އަޅާފައި، ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. އޭގެފަހުން ބިސްކޯދު އަޅައި އެއްކުރުމަށްފަހު ކެޝޫނަޓް އަޅާފައި އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޓްރޭ އަކަށް އަޅައި ބޭނުން ސައިޒަކަށް ކެފުމަށްފަހު އައިސްއަލަމާރީގައި 20 ވަރަކަށް މިނިޓު ވަންދެން ބަހައްޓާށެވެ. ފިނިވުމުން ކާން ތައްޔާރުވީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަންތި މަރިޔަނބު
ޟަމެން ތައްޔާރުކުރާއިރު އައިސިން ޝުގަރނާޅަން އެކަމަކު ވަރަށް މީރު