މާލެ އަތޮޅު މާބޮޑަށްވެސް ހިންގާލަންޖެހޭ: ފައްޔާޒް

މާލެ އަތޮޅު މާބޮޑަށްވެސް ހިންގާލަންޖެހޭ: ފައްޔާޒް

Author
މުޙައްމަދު ޖިމީ
16 އޭޕްރިލް 2022 10:15
0

މާލެ އަތޮޅުގައި އެމްޑީޕީއަށް މެންބަރުން އިތުރުކުރަން ޖެހިފައިވާކަމަށް ޗެއަރޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕެއިންގައި މާލެ އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށްފަހު މިނިސްޓަރ ފައްޔާޒް ވިދާޅުވީ، މާލެ އަތޮޅު އެމް.ޑީ.ޕީގެ ހަރަކާތްތައް އިތުރަށް ހިންގާ ޕާޓީގެ މެންބަރޝިޕް ޑްރައިވް ކުރަންޖެހޭކަން މިއަތޮޅުގެ ރަށްތަކަށް ދެވުމުން ވަރަށް ސާފުކޮށް މެންބަރުން ދަންނަވައިފިކަމަށެވެ. މިއަތޮޅަކީ އިޤްތިޞާދީ ގޮތުން ވަރުގަދަ އަތޮޅެއްކަމަށާއި، މާލެ އަތޮޅު މާބޮޑަށްވެސް ހިންގާލަން ޖެހޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މިނިސްޓަރ ފައްޔާޟާއި، ރޮޒޭނާއަކީ ސަރުކާރުގެ ކެނޑިޑޭޓުންކަމަށް ވާދަކުރައްވާ އިންތިގެ ޓީމުން ދަނީ ބުނަމުންނެވެ. އަދި ސަރުކާރުގެ މުދަލާއި، ތަކެތި ބޭނުންކޮށްގެން ކެޕެއިން ކުރާ މައްސަލަވެސް އިންތިގެ ޓީމުން ވަނީ ހުށަހަޅާފައެވެ.

އިންތިޚާބުގެ ކެމްޕެއިންގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އިންތިގެ ޓީމުން ދަނީ ފައްޔާޟަށް އަމާޒުކޮށް، ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. އެގޮތުން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ފަހަތުފަޔަށް ބުރަވާ ވާހަރތަކާއި، ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އޮތްކަމަށް އިންތިގެ ޓީުންދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ފައްޔާޟުގެ ޓީމުން ދަނީ މިހުރިހާ ވާހަކަތަކެއް ދޮގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.