ދިއްދޫގައި އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފި

ދިއްދޫގައި އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފި

Author
މުޙައްމަދު ޝަޒައިމް
11 ނޮވެމްބަރ 2020 02:35
0

ހއ ދިއްދޫގައި އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ދިއްދޫގައި އިމާރަތްކުރާ އައު އިންޖީނުގޭގެ މަޝްރޫޢަކީ 13 މިލިޔަނާ 15 މިލިޔަނާ ދެމެދުގެ އަގެއް ކަނޑައެޅިގެން ކުރިޔަށްދާ މަޝްރޫޢެއްކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ދިއްދޫގައި އިމާރަތްކުރާ އިންޖީނުގޭގައި 10 މެގަވޯޓުގެ ސިސްޓަމެއް ބެހެއްޓޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ފެނަކައިން ރާއްޖޭގެ ރަށްތަކުގައި މިހާރު އިމާރާތްކުރާ އިންޖީނުގެތަކަކީ މިހާރު ހުރި އިންޖީނުގެތަކާ ވަރަށް ތަފާތު އިންޖީނުގެތަކެއް ކަމަށާއި މި އިންޖީނުގޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް އުނދަގުލެއް ކުރިމަތި ނުވާނެ ކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަނުން 48 ރަށެއްގައި އިންޖީނުގޭގެ މަސައްކަތް ފަށާފައިވާ ކަމަށާއި މީގެތެރެއިން 15 އިންޖީނުގޭގެ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް ސައީދުވަނީ ވިދާޅުވެފައެވެ.

ފެނަކައިންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެންމެ ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިފެށޭ އަހަރުގެ ތެރޭގައި އެކުންފުނިން ދަނީ ގިނަ ރަށްތަކުގައި އެންމެ ޒަމާނީ އިންޖީނުގެ އެޅުމުގެ މަސައްކަތް ޕްލައިންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.