ލޯން ބަލިކޮށް ވެސްޓް ހޭމް ޔުނައިޓުން ޔޫރަޕާ ލީގު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އިންގްލެންޑުގައި މި ދެޓީމު ކުޅުނު ފުރަތަމަ ލެގު ވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ނަމަވެސް ރޭ ފްރާންސްގައި ކުޅުނު ދެވަނަ ލެގު ވެސްޓް ހޭމް ކާމިޔާބުކުރީ 3-0 އިންނެވެ.
ވެސްޓް ހޭމް އިން 1976 ވަނަ އަހަރު ޔޫއެފާ ކަޕް ވިނާސް ކަޕް (ޔޫރޮޕާ ލީގް) ސެމީ ފައިނަލުގައި ވެސް ކުޅުނީ އެއިންޓްރަކްޓް ފްރޭންކްފާޓާ ދެކޮޅަށެވެ. އެފަހަރު ވެސްޓް ހޭމް ވަނީ އެގްރިގޭޓް 4-3 އިން ފްރޭޏްކްފާޓް ބަލި ކޮށްފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނިޓުގައި ވެސްޓް ހޭމް އަށް ލީޑު ނަގައިދިނީ ޕަބްލޯ ފޯނަލްސް ނަގައިދިން ކޯނަރަކުން ކްރެއިގް ޑޯސަންއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑެކްލަން ރައިސް ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްދީފައެވެ. ފަހު ހާފް ފެށިގެން ތިންވަނަ މިނިޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ފޯނަލްސް ތަނަވަސްކުރި ފުރުސަތަކުން ތިންވަނަ ލަނޑު ޖަހައިދިނީ ޖަރޯޑް ބޯވެން އެވެ.
ވެސްޓްހޭމްގެ މި މޮޅާއިއެކު މިއީ 46 އަހަރު ފަހުން ފުރަތަމަ ފަހަރަށް ޔޫރަޕުގެ މުބާރާތެއްގެ ސެމީ ފައިނަލުން ޖާގަ ހޯދިފަހަރުކަން ފާހަގަކޮށްލެވެއެވެ.