ޤައުމުގެ އެއްވެސް ކަމެއްގައި މިއަދު ފެންނަނީ މިސްރާބެއްތި ދަތުރުކުރަމުންދާ މަންޒަރުކަމަށާއި، މުޅި ޤައުމު ގެއްލިގެން ދިއުމުގެ ބިރު ބޮޑުކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިއަދުގެ ހަލަތަށް ރިޢާޔަތްކޮށް ޑރ.ޖަމީލް ވިދާޅުވީ ޤައުމުގެ ވެރިކަން ކުރައްވަން ތިއްބެވި ބޭފުޅުން ވެރިކަން ކުރައްވަމުންދާ ގޮތުން ރައްޔިތުންތިބީ ވަރަށް ބޮޑަށް ހާސްވެ، ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިކަމަށެވެ. އެއްވެސް މިސްރާބެއް، އަމާޒެއްނެތި ވެރިކަން ކުރައްވަމުންދާއިރު، ފެނިގެންދަނީ ނާމާން މަންޒިލަކަށް ޤައުމު ދީލާލާފައިވާ މަންޒަރުކަމަށް ޖަމީލް ވިދާޅުވިއެވެ. މިއަދު ރައީސް ޔާމީން ރައްޔިތުންގެ ހައްގުގައި އަޅުއްވާފައި ފްލެޓްތަކުންވެސް ރައްޔިތުން މަހުރޫމް ކޮށްފައިވާއިރު ފެނިގެންދަނީ ދަރަނި މައްޗަށް ދަރަނި ނަގައި ޤައުމު ބިކަ ކުރަމުންދާ މަންޒަރުކަމާށެވެ.
މިއަދު ރައްޔިތުން ތިބީ ހާސްވެ ނުތަނަވަސްވެފައި. ގައުމުގެ އެއްވެސް ކަމެއްގައި މިޞްރާބެއްް ނެތް. މަސްވެރިން ނިކަމެތިކޮށްފި. ރޔ އެޅުއްވި ފްލެޓްތަކުގެ ހައްގުވެރިން މަޙްރޫމްކޮށްފި. ދަރަނި މައްޗަށް ދަރަނި ނަގައި އެންމެ ފަހުން ރައްޔިތުންގެ ހަރުމުދާވެސް ވިއްކަން ފަށައިފި.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ޑރ.ޖަމީލް ވިދާޅުވީ ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަކީ މިޤައުމުގައި އޮތް ބޯޑަރ ސިސްޓަމް ނެތިކޮށްލައި ދިވެހިންގެ އަމިއްލަ ވައްތަކަމައި ޤައުމިއްޔަތު ނެތިކޮށްލުމަށް ހިންގުނު ކަމެއްކަމަށެވެ. މިކަމުގެ ސަބަބުން ދިވެހިންގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާއިރު، އަމިއްލަ ވަންތަކަންވެސް ގެއްލިގެން ދިއުމުގެ ބިރު ބޮޑުކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
ރެސިޑެންޓް ވީސާގެ ނަމުގައި ބޯޑަރ ނިޒާމް ފުނޑާލައި އަމިއްލަ ޤަޢުމްގައި ދިވެހިން ބިކަކޮށްލަނީ. ދަޢުލަތް އިފްލާސްވެ ވިސްނުންވެސް އިފްލާސްވެއްޖެ. ބަލާލިކޮންމެ ދިމާކުން ފެންނަނީ ހާސްވެ ނުތަނަވަސްވެ، ފެއިލްވެފައިވާ މަންޒަރު. މުޅިގައުމު ގެއްލިގެން ދިއުމުގެ ބިރުބޮޑު.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރިޕޯޓުގައިވާ ގޮތުގައި އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުތައް ފާސްކުރާތާ 14 ދުވަހުގެ ތެރޭގައި ކަމާ ބެހޭ ގަވައިދުތައް ދައުލަތުގެ އިދާރާތަކުން ހަދަން ޖެހެ އެވެ. މިހާރު އަމަލުކުރަމުން އަންނަ ގަވައިދުގައިވާ ގޮތުން ރާއްޖޭން ރެސިޑެންޓް ވިސާ ދޫކުރަނީ މަދުވެގެން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އިންވެސްޓްކުރާ މީހުންނަށެވެ.
ކޮމެންޓު ފޮނުވާ