ގިނަ ބަދަލުތަކާއިއެކު ކުޅުނު މެޗު އެއްވަރުކޮށް ލިވަޕޫލް ސެމީއަށް

ގިނަ ބަދަލުތަކާއިއެކު ކުޅުނު މެޗު އެއްވަރުކޮށް ލިވަޕޫލް ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި ލިވަޕޫލް ކުޅުނު މެޗު އެއްވަރުގެ، އެގްރިގޭޓުން ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ކުރިއަށް ވަރުގަަ މެޗެއް އޮތުމާއިއެކު، ގިނަ ބަދަލުތަކާއިއެކު ލިވަޕޫލުން ކުޅުނު މިމެޗު އެއްވަރުވީ 3-3ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގު 3-1 އިން ކާމިޔާބު ކޮށްފައި ވުމުން ލިވަޕޫލް ސެމީ އަށް ދިޔައީ އެގްރިގޭޓް 6-4 އިން ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ 21 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ފްރާންސްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭއެވެ. އޭނާ މި ގޯލު ޖެހީ ކޮސްޓާސް ސިމިކާސް ނެގި ކޯނަރަކުން ބޮލުންނެވެ. ބެންފީކާ އިން އެއްވަރުކުރި ގޯލު ޖެހީ 32 ވަނަ މިނިޓްގައި ގޮންކާލޯ ރާމޯސްއެވެ. ދެ ވަަނަ ހާފްގެ ކުޅުން ފަށައިގެން 10 މިނިޓް ތެރޭ ލިވަޕޫލުން ވަނީ އަލުން ލީޑުނަގައިފައެވެ. ބެންފީކާގެ ކީޕަރު އޮޑީސިއަސް ވްލަޝޯޑިމޯސް ހެދި ގޯހެއްގެ ފައިދާނަގައި، ލިވަޕޫލްގެ މި ގޯލު ޖެހީ ޑިއޯގޯ ޖޮޓާ ފޮނުވާލި ބޯޅައަކުން ރޮބާޓޯ ފިރްމީނޯއެވެ. މެޗުގެ 65 ވަނަ މިނިޓްގައި ލިވަޕޫލްގެ ތިން ވަނަ ގޯލު ވެސް ޖެހީ ފިރްމީނޯއެވެ.

މެޗުގެ 75 ވަނަ މިނިޓުގައި ރޯމަން ޔަރެމްޗަކް ލަނޑެއް ޖަހައި ބެންފީކާ އަށް ހިތްވަރު ހޯދައިދިނެވެ. އަދި އޭގެ ހަ މިނިޓު ފަހުން އެއްވަރު ކޮށްދިނީ އުންމީދީ ފޯވާޑް ޑާވިން ނޫނޭޒްއެވެ. ބެންފީކާގެ ތިން ލަނޑު ވެސް ބަލައިގެންފައި ވަނީ ވީއޭއާރުގެ އެހީގައެވެ.

ސެމީ ފައިނަލުގައި ލިވަޕޫލް ކުޅެން ޖެހޭނީ ބަޔާން މިއުނިކް ކަޓުވާލި ސްޕެއިނުގެ ވިޔަރެއާލާ ދެކޮޅަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *