ބާސާއިން ލެވަންޑޯސްކީއަށް 3 އަހަރުގެ އެއްބަސްވުމެއް

ބާސާއިން ލެވަންޑޯސްކީއަށް 3 އަހަރުގެ އެއްބަސްވުމެއް

Author
މުޙައްމަދު ޝަޒައިމް
12 އޭޕްރިލް 2022 10:58
0

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް ސްޕެއިންގެ ބާސެލޯނާއިން ތިން އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 33 އަހަރުގެ ފޯވާޑް ބަޔާނާއެކު ހަދާފައިވާ އެއްބަސްވުން އައު ނުކުރާނެކަން އެ ކުލަބަށް ވަނީ އަންގައިފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ލެވަންޑޯސްކީ ވަނީ ބަޔާންގެ ސީއީއޯ އޮލިވާ ހާންއަށް މި ސީޒަނަށްފަހު ކުލަބް ބަދަލުވާން ބޭނުންވާކަން އަންގައިފައެވެ. އަދި ބަޔާން ދޫކޮށްލާނަމަ ލެވަންޑޯސްކީ ދެން ކުޅެން ބޭނުންވާ ކުލަބަކީ ބާސާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ދެ އަހަރު ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާއަށް ދޭ ފީފާ ދި ބެސްޓް އެވޯޑް ހާސިލްކުރި ލެވަންޑޯސްކީ ބާސާއަށް ގެންދާން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒްއެވެ. އަދި ލެވަންޑޯސްކީ ބާސާއަށް ބަދަލުވެއްޖެނަމަ އެ ޓީމުގެ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި ދޫކޮށްލާނެއެވެ.

ލެވަންޑޯސްކީ ވަނީ މި ސީޒަނުގައި މިހާތަނަށް 40 މެޗުން 46 ލަނޑު ބަޔާންއަށް ކާމިޔާބުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.