ކުޅުނު 3 މެޗުން ބަލިވެ ރާއްޖެއަށް ކޮލިފައިން ނިމިއްޖެ

ކުޅުނު 3 މެޗުން ބަލިވެ ރާއްޖެއަށް ކޮލިފައިން ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
12 އޭޕްރިލް 2022 10:55
0

އޭއެފްސީ ފުޓްސަލް މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅުނު ތިން މެޗުންވެސް ބަލިވެ ކޮލިފައިން ނިންމާލައިފިއެވެ.

އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ކުޅުނު ފަހު މެޗުގައި މިރޭ ތުރުކުމެނިސްތާން އަތުން 7-0 އިން ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި އޭޝިއާގެ އެންމެ ފަހުގެ ޗެމްޕިއަން، ދުނިޔޭގެ ރޭންކިން ހަ ވަނައިގައި އޮތް އީރާން އަތުން ރާއްޖެ ބަލިވީ 17-0 އިންނެވެ. ދެ ވަނަ މެޗުގައި ކިރްގިސްތާން އަތުން އިއްޔެ ވަނީ 7-1 އިން ބަލިވެފައެވެ.

ގައުމީ ފުޓްސަލް ޓީމުން މިދިޔަ މަހު ތައިލެންޑްގައި ބޭއްވި އިންވިޓޭޝަނަލް ކަޕަށް ފަރިތަކުރުންތައް ބޭއްވީ އެފްއޭއެމްގެ މިނީ ޓާފާއި ގިޔާސުއްދީން ސްކޫލް ހޯލްގައި ހުރި މެޓް ދަނޑުގެ އިތުރުން ޕީކޭ ސަރަަހައްދު ފުޓްސަލް ދަނޑުގައެވެ. ސަރުކާރުތަކުން މާލޭގައި އަޅާފައިވާ ޓާފް ދަނޑުތަކަކީ އިންޓަނޭޝަނަލް ފުޓްސަލް ކުޅެން ބޭނުންވާ ސައިޒުގެ ދަނޑުތަކެއް ކަމަށް ނުވާތީ ބައިނަލްއަގުވާމީ މުބާރާތަކަށް ތައްޔާރުވާން އެ ތަންތަނުގައި ޕްރެކްޓިސް ނުކުރެވެއެވެ.

ރަނގަޅު ޕިޗެއްގައި ޕްރެކްޓިސް ކުރަން ނުލިބި އޮއްވައި، ފަހު ވަގުތު ޕްރެކްޓިސްތައް ކުރިއަށް ގެންދަން ލިބުނީ ހިރިޔާ ސްކޫލް ހޯލެވެ. މުބާާރާތަށް ފަރުުމާ ހަމައަށް ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިސްތައް ފަހުން ކުރިއަށް ދިޔައީ ހިރިޔާ ސްކޫލްގައެވެ. މިއީ ހިރިޔާ ސްކޫލް މެނޭޖްމަންޓާ މަޝްވަރާކޮށް، އެފްއޭއެމުން ހަމަޖައްސައިދިން ތަނެކެވެ.

އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިން އަކީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ކުޅުނު އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕަށް ފަހު ރާއްޖޭގެ ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ ރަސްމީ މުބާރާތެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.