ރެސިޕީ: ބީފް ހޮޓްޑޯގް

ރެސިޕީ: ބީފް ހޮޓްޑޯގް

Author
ފާތިމަތު ނާވީ
14 އޭޕްރިލް 2022 06:44
0

ހޮޓްޑޯގަކީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ، ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު ބާވަތެކެވެ. މިއަދު މި އޮތީ ބީފް ހޮޓްޑޯގް ތައްޔާރު ކުރާނެގޮތެވެ. މިއީ ގެރިމަސް ކާހިތްވާ މީހުންނަށް މީރު ބާވަތަކަށް ވާނެއެވެ.

ބޭނުންވާނެ ތަކެތި:

  • 3 ހޮޓްޑޯގް ބަނަސް
  • 1 ޖޯޑު ބީފް (ގްރައުންޑް ކޮށްފައި)
  • 3 ލޮނުމެދު
  • 1 ފިޔާ
  • 1 މޭޒުމާތީ ސަމުސާ އެޕަލް ސިޑާ ވިނެގާ
  • 1 މޭޒުމާތީ ސަމުސާ ބްރައުން ޝުގާ
  • 1 ކަޕް ޓޮމާޓޯ
  • 1 ކަޕް ބީފް ބްރޮތު
  • 1/2 ސައިސަމުސާ ދިރި ޕައުޑަރު
  • 1/4 ސައިސަމުސާ ލޮނު
  • 1/4 ސައި ސަމުސާ އަސޭމިރުސް ޕައުޑަރު
  • ޗީޒް (ބޭނުންނަމަ)

ތައްޔާރުކުރާނެ ގޮތް: 

އެންމެ ފުރަތަމަ ތަވާ އުދުން މައްޗަށް އުދާށެވެ. އަދި ކުޑަ ތެޔޮ ފޮދެއް އެޅުމަށްފަހު ފިޔާ އާއި ލޮނުމެދު ކޮޅު ރަނގަޅަށް ހަނާކޮށްލާށެވެ. އެއަށް ފަހު ބީފް ކޯޅު އަޅައި ކައްކާލާށެވެ. މަޑު ފިޔާތޮށި ކުލައެއް ބީފް ކޮޅަށް އެރުމުން ޓޮމާޓޯ، ބީފް ބްރޮތު، ބްރައުން ސުގާ، އެޕަލް ސިޑާ ވިނެގާ، ދިރި، އަސޭމިރުން އަދި ލޮނުކޮޅު އަޅައިގެން ރަނގަޅަށް ކައްކާލާށެވެ. މެދު މިނެއްގެ ހޫނުމިނުގައި 15 މިނިޓް ވަންދެއް ކެއްކުމަށް ފަހު ހިހޫ ކުރުމަށް ބަހައްޓާށެވެ.

ހޮޓްޑޯގް ބަނަހުގެ މެދުން ފަޅާލާށެވެ. އަދި މަސްކޮޅު ރީތިކޮށް އެޅުމަށްފަހު ބޭނުންނަމަ ޗީޒްކޮޅެއް މައްޗަށް އަޅައިލާށެވެ. އޭރަށް ބީފް ހޮޓްޑޯގް ތައްޔާރުވީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.