ރޯދަމަސް ގާތްގަނޑަކަށް ދެބައިވެފައިވާއިރު ކޮންމެ ދުވަހަކުވެސް އައު އެއްޗެއް ހެދޭތޯ މަސައްކަތް ކުރާ މީހުން މަދެއް ނުވާނެއެވެ. އަދި ހަމަ އެހެންމެ އަލަށް އެޗެއް ތަޖުރިބާ ކޮށްލަން ބޭނުންވާ މީހުންވެސް މަދެއް ނޫނެވެ.
އެގޮތުން މިއަދު މި ގެނެސްދެނީ ބަޓާސްކޮޗް ބްރައުނީ ތައްޔާރު ކުރާނެ ގޮތެވެ. ތަފާތު އެއްޗަކަށް އަޖުމަ ބަލާލުން ރަނގަޅުވާނެއެވެ.

ބޭނުން ވާނެ ތަކެތި:
- 2/3 ކަޕް ބަޓަރު (މެލްޓް ކޮށްފައި)
- 2 ޖޯޑު ބްރައުން ޝުގާ
- 2 ބިސް
- 1 ސައިސަމުސާ ވެނީލާ އެސެންސް
- 1/4 1 ކަޕް ފުއްް
- 1 ސައިސަމުސާ ބޭކިންގ ޕައުޑަރު
- 1/4 ސައިސަމުސާ ލޮނު
- 3/4 ކަޕް ބަޓާސްކޮޗް ޗިޕްސް
ތައްޔާރު ކުރާނެ ގޮތް:
ތައްޓެއްގައި ބަޓަރު، ބްރައުން ޝުގާ، ބިސް އަދި ވެނީލާ އެސެންސް ކޮޅު އެއްކޮށްލާށެވެ. އެއަށްފަހު ފުށާއި ބޭކިންގ ޕައުޑަރު އެޅުމަށްފަހު މަޑުމަޑުން ހުރިހާ އެއްޗެއް އެއް ކޮށްލާށެވެ. އެއަށް ފަހު ބަޓާސްކޮޗް ޗިޕްސްކޮޅު އަޅައި މަޑުމަޑުން އެއްކޮށްލާށެވެ.
350 ޑިގްރީގައި 35 މިނިޓްވަންދެން ފިހެލާށެވެ. އެރުން ހުންނާނީ ބަޓާސްކޮޗް ބްރައުނީ ތައްޔާރު ވެފައެވެ.
ކޮމެންޓު ފޮނުވާ