މަސްވެރިކަމަށް އައު ޑިޒައިނެއްގެ ދޯނި ބަނދެ މަސްވެރިންނަށް ލިބޭނެގޮތް ހަދަނީ

މަސްވެރިކަމަށް އައު ޑިޒައިނެއްގެ ދޯނި ބަނދެ މަސްވެރިންނަށް ލިބޭނެގޮތް ހަދަނީ

Author
ޢަލީ އާދަމް
11 ނޮވެމްބަރ 2020 12:30
0

މަސްވެރިކަމުގައި ބޭނުންކުރާނެ މުޅިން އައު ޑިޒައިނެއްގެ ދޯނި ބަނދެ، މަސްވެރިންނަށް ފޯރުކޮށްދިނުމަށް ނިންމަވާފައި ވާކަމަށް، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވި މަސްވެރިކަން ޕްރޮމޯޓްކޮށް ފުޅާ ކުރުމަށް އަންނަ އަހަރު ހާއްސަ އަހަމިއްޔަތެއް ދެއްވާނެ ކަމަށެވެ. އޭގެ ތެރޭގައި މަސްވެރި ކަމަށް އާ ޑިޒައިންނެއްގެ ދޯނި ތަޢާރަފް ކުރުން ހިމެނޭ ކަމަށާއި ވަރަށް އަވަހަށް ދޯނި ޑިޒައިން ކުރުމަށް ހުޅުވާލާނެ ކަމަށެވެ.

މަސް ފިނި ކުރާ ނިޒާމާއި މަސްވެރިކަމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތައް ހިމަނައިގެން ޑިޒައިންކުރާ މިދޯނި ފަހަރު އެސްއެމްއީ ބެންކް މެދުވެރިކޮށް، މަސްވެރިންނަށް ލިބޭނެ ފަސޭހަ އިންތިޒާމުތައްވެސް ހަމަޖައްސަވާނެކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެސްއެމްއީ ބެންކަކީ ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން އުފައްދަވާފައި ވާ ބެންކެކެވެ. މި ބެންކުން ސީޑް ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ ދޫކުރުމަށް އަންނަ އަހަރަށް ވަނީ ކަނޑައަޅާފައެވެ. އަދި އެސް.އެމް.އީ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރު 50 މިލިއަން ރުފިޔާ އިންވެސްޓް ކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މަސްވެރި ކަމަށް ބޭނުންކުރާ އުޅަނދުފަހަރު ބަނދެ، ދިގުމުއްދަތުން ފައިސާ ދައްކާ ހަލާސް ކުރުމަށް މީގެ ކުރިންވެސް މިފަދަ މަޝްރޫޢުތައް ވަނީ ހިންގާފައެވެ. އެގޮތުން މިފްކޯ މެދުވެރިވެގެންވެސް މަސްވެރިންނަށް މިފަދަ ދޯނިފަހަރު މީގެކުރިން ފޯރުކޮށްދީފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.