ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުޣޭ ތެރެއިން ރ.އަތޮޅުގެ ހޮސްޕިޓަލަށާއި، އެއަތޮޅުގެ ރަށްތަކުގެ މަރުކަޒުތަކަށް 42 ނަރުހުން ހޯދުމަށް އިޢުލާންކޮށްފިއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކޮށްފައިވާ މި އިއުލާނުގައި 3 ދާއިރާއެއްގެ ނަރުހުން ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރެޖިސްޓަރޑް ނަރުހުންނާއި، ސީނިއަރ ރެޖިސްޓަރޑް ނަރުހުން އަދި ކްލިނިކަލް ނަރުހުންނެވެ. މިއީ ބައެއް ރަށްތަކުގައި ޚިދުމަތްދޭ ނަރުހުންގެ އަދަދު އިތުރު ކުރުމަށާއި ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުން ހުސްވެފައިވާ ނަރުހުންގެ މަޤާމުތަކަށް ބޭނުންވާ ނަރުހުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި މަޤާމުތަކަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ ލެވެލް 5ގެ ރެޖިސްޓަރޑް ނަރުހަކަށް 9060ރުފިޔާ، ލެވެލް 7،8ގެ ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް 9670 ރުފިޔާ، ލެވަލް 9ގެ ކްލިނިކަލް ނަރުހުންނަށް 10،410 ރުފިޔާއެވެ. އަދި މީގެއިތުރުން ސަނަދުތަކަށްދޭ އެލަވަންސްތަކާއި، ސަރވިސް އެލަވަންސްއާއި އެހެނިހެން އެލަވަންސްތައް ހިމެނެއެވެ.
ވަޒީފާއަށްއެދި ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލް ހެލްތު މިނިސްޓްރީން ވަނީ ގެޒެޓްގައި އާއްމުކޮށްފައެވެ. މަޤާމަށްއެދި ހުށައަޅަންޖެހޭ ލިޔެކިޔުންތަށް24 ނޮވެމްބަރު 2020 ގެކުރިން [email protected] އަށް ހުށައެޅުމަށް ވަނީ އެދިފައެވެ.
މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތަށް އޮންނާނީ މިމަހުގެ 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައެވެ.
ކޮމެންޓު ފޮނުވާ