ރެސިޕީ: ވެނީލާ ލޯފް ކޭކް

ރެސިޕީ: ވެނީލާ ލޯފް ކޭކް

Author
ފާތިމަތު ނާވީ
13 އޭޕްރިލް 2022 08:02
0

ރޯދަމަހުގައި އެންމެ ފަސޭހައިން ހަދާލެވޭނެ އެކައްޗަކީ ކޭކެވެ. އެހެން ކަމުން ކޭކު ވެފައި ވަނީ ރޯދަމަހުގެ ސުފުރާ ފަޅުފިލުވައިދޭ އެންމެ ގާތް އެކުވެރިޔާ އަށެވެ.

ބޭނުން ވާނެ ތަކެތި:

  • 3/4 ކަޕް ބަޓަރު
  • 3/4 ކަޕް ހަކުރު
  • 2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
  • 3 ބިސް
  • 2 ކަޕް ފުއް
  • 2 ސައި ސަމުސާ ބޭކިންގ ޕައުޑަރު

އައިސިންގ ހެދުމަށް:

  • ބައި ޖޯޑު ބަޓަރު
  • 1 ސައި ސަމުސާ ވެނީލާ އެސެންސް
  • 2 ޖޯޑު އައިސިންގ ޝުގާ
  • 2 މޭޒުމަތީ ސަމުސާ ކިރު

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ހަކުރާއި ބަޓަރު ވަރަށް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ވެނީލާ އެސެންސް އަދި ބިސް އަޅާށެވެ. ބިސް އަޅާއިރު ފަހަރަކު ބިހެއް އަޅަމުން ގިރަމުން ގެންދާށެވެ. އަދި އެސެންސް ކޮޅު އަޅާއި އެއްކޮށްލުމަށް ފަހު ފުށާއެކު ބޭކިންގ ޕައުޑާ އަޅައި އެއްކޮށްލާށެވެ. އެއަށް ފަހު ޓްރޭއަށް އެޅުމަށްފަހު ފިހެލާށެވެ.

ފިހެވުމުން ނަގައި ހިހޫ ކުރަން ބައިންދާށެވެ. އެއަށް ފަހު އައިސިންގ ހެދުމަށް އައިސިންއަށް ބޭނުންވާ ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު އެއް ލެވެލް އަކަށް ކޭކުގެ މަތީގައި އުނގުޅާލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.