ހަޤީޤީ ހާދިސާ: ލޯބި ނުލިބޭނަމަ ރަހުމަތްތެރިކަން ވެސް ބޭނުންވޭ!

ހަޤީޤީ ހާދިސާ: ލޯބި ނުލިބޭނަމަ ރަހުމަތްތެރިކަން ވެސް ބޭނުންވޭ!

ކިޔަވަން އުޅުން ދުވަސްވަރުން ފެށިގެން އަހަރެން އޭނާ ދެކެ ވަރަށް ގަޔާވެއެވެ. އަހަރެމެން ދެމީހުންނަކީ ދެ ރަހުމަތް ތެރިންނެވެ. ވަރަށް ގާތް ރަހުމަތްތެރިންނޭ ނުބުންޏެއް ކަމަކު އަހަރެންނަށް އޭނާ ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާ އާއި ބެހޭގޮތުން ގިނަ ކަންތަށްތަށް ހޯދާ އެއްކޮށްފައިވެސް ހުންނެއެވެ.

އޭރު އަހަރެން ހޯދި ހޯދުމުން އެނގުނު ގޮތުގައި އޭނާގެ ލޯބިވެރިއަކު ހުރެއެވެ. އަދި އެ ދެމީހުން އެކަކު އަނެއްކަކު ދެކެ ވަރަށް ލޯބިވެސް ވެއެވެ. މި ސަބަބަށްޓަކައި އޭނާ ދެކެ އަހަރެން ގާޔާވާކަން އޭނާ އަކަށް ނާންގަމެވެ.

ކިޔެވުން ނިމުމާއިއެކު އަހަރުމެން ދެމީހުން އެކަކު އަނެކަކަށް ގެއްލުނީއެވެ. އޭނާ އާއި އަހަރެން ބައްދަލެއް ނުވެއެވެ. އަހަރެންގެ ހަޔާތަށް ލޯބިވެރިއަކު އައެވެ. އެކަމަކު މާގިނަ ދުވަހަކަށް އެ ގުޅުން ދެމިގެނެއް ނުދިޔައެވެ.

އަހަރެންނަށް އޭނާ ގެއްލުނުތާ ދެ އަހަރެއް ފަހުން އޭނާއާ އަހަރެން އަނެއްކާވެސް ބައްދަލުވިއެވެ. އޭރު އަހަރެން ހުރީ ހުސްކޮށެވެ. އޭނާވެސް ހުރީ ހުސްކޮށެވެ. އަހަރުމެން ދެމީހުންގެ މެދުގައި އަނެއްކާވެސް ރަހުމަތްތެރިކަން އުފެދިގެން ދިއައެވެ. އަދި ދެމީހުން ބައްދަލުވެސް ކުރަމެވެ.

އޭނާ ދައްކާ ވާހަކަ ތަކުގެ ސަބަބުން އޭނާވެސް އަހަރެންނާ ގަޔާވާހެން ހީވެއެވެ. އޭނާއަށް އަހަރެން ވަރަށް ކަމުދާހެން ވެސް ހީވެއެވެ. ކޮންމެއަކަސް މިހާރު އަހަރެންނަށް ޔަގީން ވާ ގޮތުގައި އަހަރެންނަށް ހަމައެކަނި އޭނާ ކަމުދަނީއެއް ނޫނެވެ. އަހަރެނަށް މި ހުރީ އޭނާ ދެކެ ހަމަ ރަނގަޅަށްވެސް ލޯބި ވެވިފައެވެ.

އަހަރެން އޭނާ ދެކެ ލޯބިވާ ވާހަކަ ބުނަން ބޭނުން ވެއެވެ. އެހެން ނަމަވެސް އޭނާ އަހަރެންގެ ލޯބި ގަބޫލު ނުކޮށްފާނެ ކަމަށް ބިރު ގަންނަނީއެވެ. ސާފު ބަހުން އިންކާރުކޮށް އަހަރުމެން ދެމީހުންގެ މެދުގައި މިވާ ރަހުމަތްތެރި ކަމުގެ ގުޅުން ކަނޑާލަފާނެއެވެ. އެކަމާ އަހަރެންގެ ހިތް ބިރުގަންނަނީއެވެ. ލޯބި ހުށަހެޅުމަށް އަހަރެން ހުއްޓުވާ ހަމަ އެކަނި ސަބަބަކީ އެއީއެވެ.

އަހަރެން މިހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ. އަހަރެންނަށް އޭނާގެ ލޯބި ނުލިބޭނަމަ ރަހުމަތެރިކަން ވެސް ބޭނުންވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *