ހަޤީޤީ ހާދިސާ: ލޯބިވެރިޔާގެ އެތައް ލޯބި ވެރިންނެއް

ހަޤީޤީ ހާދިސާ: ލޯބިވެރިޔާގެ އެތައް ލޯބި ވެރިންނެއް

އަހަރެން އިންނަން އުޅޭ ކުއްޖާއަށް، ދުވަހަކުވެސް އޭނާއާމެދު ޝައްކެއް ނުކުރާނެކަމަށް ބުނީމެވެ. ނަމަވެސް ފަހަކަށް އައިސް އޭނާގެ އުޅުން ހުންނަގޮތުން އަހަރެންނަށް އުނދަގޫވެ އޭނާ މަސައްކަތު ދާއިރު އިތުރަށް ގެންދާ އަތް ދަބަސް ބަލާލަން ނިންމީމެވެ.

ސިއްރުން އަތް ދަބަސް ހުޅުވިއިރު އޭގައި ހުރީ މަސައްކަތާއި ނުގުޅޭ ޒާތު ހޮޓަލުގެ ތަޅުދަނޑިއަކާއި އުއްބައްތިތަކާއި ފާހާނާގައި ބޭނުންކުރާ ސާމާނެވެ.

އަހަރެންނަށް ހީވާ ގޮތުގައި އަހަރެންގެ ލޯބިވެރިޔާ ގުޅުން ބާއްވަނީ އެންމެ މީހަކާ ނޫނެވެ. އޭނާގެ ދިރިއުޅުމުގައި އެކަހަލަ ކިތަންމެ ބަޔަކު އެބަ އުޅެއެވެ. އެ ތަފާތު އަހަރެންނަށް ދަނީ ފެންނަމުންނެވެ. ނަމަވެސް ލޮލުން ފެނި އަތުން ނުހިފެއެވެ. މުޅިންވެސް ހުރީ ޝައްކު ކުރެވޭ ކަންކަމެވެ.

މީގެ މަހެއްހާ ދުވަސްކުރިން އަހަރެންނަށް އާދަޔާހިލާފުކަމެއް ފާހަގަވިއެވެ. އޭނާއަތުގައި ލައިސަންސް ނޭތުމުން އަހަރެން އަބަދުވެސް އޭނާ ބޭނުންތަންތަނަށް ގެންގޮސްދީހަދަމެވެ. ނަމަވެސް ފަހަކަށް އައިސް އޭނާގެ އޮފީހުގެ އިތުރުން އެކިކަހަލަ ހޮޓެލްތަކާއި ތަންތަނަށް މީޓީންއެއްގެ ނަމުގައި ދާންފެށިއެވެ. އަދި ދާ ކޮންމެ ތާކަށް އޭނާގެ އެ ދަބަސް ގެންދެއެވެ.

އަދި ހަމަ އެހެންމެ ކޮންމެ ފަހަރަކު ލޯބިވެރިޔާ ބަލާ އަންނަނީ ކޮންމެވެސް ޕްރައިވެޓް ކާރެކެވެ. އެކަމާ ސުވާލު ކުރުމުން ބުނަނީ އެއީ ކްލައިންޓް ފޮނުވާ ކާރު ކަމަށެވެ. އިތުރަށް ސުވާލު ކުރާކަށް ނުކެރެއެވެ.

މިކަންތައް މިހެންހުރި ނަމަވެސް އަހަރެންނަށް އޭނާއާ ސުވާލުކުރާކަށް ނުކެރޭނެއެވެ. އަހަރެންގެ ރަހުމަތްތެރިންވެސް ލަފާދެނީ އޭނާއާ ވާހަކަ ދެއްކުމަށެވެ.

އިއްޔެވެސް އަހަރެމެން ދެމީހުން އެކުގައި މަޖާކޮށް ނަގާފައިވާ ފޮޓޯތައް ބަލާފައި ރުއީމެވެ. އެއިރާއި މިހާރާ ހާދަ ތަފާތެވެ. އަހަރެން މި ވާހަކަ ދައްކައިފިނަމަ އަހަރެމެންގެ މި ލޯބީގެ ގުޅުން ރޫޅޭނެކަން އަހަރެންނަށް ޔަޤީނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *