ފުރަތަމަ ލެގުން ބާސެލޯނާ އެއްވަރު

ފުރަތަމަ ލެގުން ބާސެލޯނާ އެއްވަރު

ޔޫރަޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ފްރެންކްފާޓާއި ބައްދަލުކުރި މެޗުން މޮޅުނުވެވި ބާސެލޯނާ އެއްވަރުވެއްޖެއެވެ.

ފްރޭންކްފާޓް ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އަށް ފުރަތަމަ ހާފުގައި މާ ރަނގަޅަށް ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ތިން ވަނަ މިނިޓްގައި ފްރޭންކްފާޓްގެ އަންސްގާ ކްނައޮފް ވަނީ މޮޅު ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަަގައިދީފައެވެ. މެޗުގެ 48 ވަނަ މިނިޓްގައި ކްނައޮފް އޭރިއާބޭރުން ޖެހި ބޯޅަ ބާސެލޯނާ ކީޕަރު ޓާ ސްޓެގެން އަތްމަތިން ގޮސް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ނަތީޖާ ހަމަހަމަކުރަން ބާސެލޯނާ އިން ކުރި މަސައްކަތް މާގިނައިރެއްނުވެ ކާމިޔާބުކުރިއެވެ. މެޗުގެ 66 ވަނަ މިނިޓްގައި މި ގޯލު ޖެހީ ފެރާން ޓޮރޭޒްއެވެ. ބާސެލޯނާ އިން މެދުތެރެއިން ކުޅުނު ރަނގަޅު ކުޅުމަކަށް ފަހު ފްރެންކީ ޑި ޔޯން ޖައްސާލި ބޯޅަ ފެރާން ވަނީ ހަމަޖެހިލާފައި ތިރީ ކަނަށް އަމާޒުކޮށްލައިފައެވެ. މި މެޗުގެ 78 ވަނަ މިނެޓުގައި ފްރެންކްފާޓުގެ ޓުޓާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

މި ނަތީޖާއާ އެކު ނިމުމުން އަންނަ ހަފްތާގައި ބާސެލޯނާ ދަނޑުގައި ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް ސެމީގެ ފުރުސަތު ލިބޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *