ޤައިދީންނާއި ޖަލު އޮފިސަރުން ކުޅެން 2 ފުޓްސަލް ދަނޑު ތަރައްޤީކުރަނީ

ޤައިދީންނާއި ޖަލު އޮފިސަރުން ކުޅެން 2 ފުޓްސަލް ދަނޑު ތަރައްޤީކުރަނީ

Author
މުޙައްމަދު ޖިމީ
07 އޭޕްރިލް 2022 11:02
0

ޖަލުތައް ބަލަހައްޓަ އޮފިސަރުންނާއި ޤައިދީން ކުޅުމަށްޓަކައި  ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވީ، މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންވެސް ކަސްރަތުކޮށް އަދި ކުޅެއުޅުމުގެ ފުރުސަތު އޮންނަޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އެދުމުގެ މަތިން ގައިދީން އަދި އޮފިސަރުންނަށް 2 ފުޓްސަލް ދަނޑު ތަރައްގީކޮށްދިނުމަށް އެއިދާރާއާއި ހަވާލުކޮށްފައިވާކަމަށް މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރަމުންނެވެ. އެކަމުގައި އެންމެ އިސްކަމެއް ދެއްވަނީ އެ ސަރަހައްދެއްގެ ރައްޔިތުން ކުޅެ އުޅޭ ކުޅިވަރުތަކަށެވެ. މިގޮތުން އާބާދީ ބޮޑު ސަރަހައްދެއްގެ ރައްޔިތުންނާއި ކުދި ރަށްރަށުގެ ރައްޔިތުން ތަފާތު ނުކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.