ރަތަފަންދޫ ގިރާ މައްސަލައަށް ހުރިހާ ސަރުކާރަކުން ވީއިހުމާލު، އަޅާލީ މިސަރުކާރުން އެކަނި: ސައުދު

ރަތަފަންދޫ ގިރާ މައްސަލައަށް ހުރިހާ ސަރުކާރަކުން ވީއިހުމާލު، އަޅާލީ މިސަރުކާރުން އެކަނި: ސައުދު

ގދ.ރަތަފަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރަން ހުރިހާ ސަރުކާރަކުން ވީއިހުމާލުކަމަށާއި، އެ މައްސަލ ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ހަމައެކަނި ދެއްވީ މިއަދުގެ ސަރުކާރުންކަމަށް ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް އަދި ކުރީގެ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ރަތަފަންދޫ ގިރާ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެކެވެ. އެރަށުން ވަނީ ވަރަށް ބޮޑު ސަރަހައްދެއް ގިރައިގެން ގޮސްފައެވެ. ނަމަވެސް މިހާތަަނަށް އެކަމަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ތިބީ ކަންބޮޑުވުމެއްގައެވެ.

މި މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. މިކަމާއި ގުޅިގެން ސަޢުދު ވިދާޅުވީ ރަތަފަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 2008 އިން 2018އަށް ވެރިކަންކުރި ރައީސުން ވީ ވަޢުދު ވަނީ ނުފުއްދި ރައްޔިތުން މަތިން ހަނދާން ނެތިފައިކަމަށެވެ. 2018ގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރަތަފަންދޫ ގިރާ ސަރަހައްދުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި އެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވާކަމަށް މިއީ ހެޔޮވެރިކަންކަމަށް ސަޢުދު ވިދާޅުވިއެވެ.

ސަޢުދު ވަނީރަތަފަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މިސަރުކާރުން ވީ ވަޢުދު ފުއްދުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާ ސަރުކާރުން ދެއްވި އިތުބާރަށް ޝުކުރު ދަންނަވާފައެވެ.

ރައްޔިތުންގެ ވެރިކަން. ރައްޔިތުންގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި މިކަމުގައި މިނިސްޓަރ ފައްޔާޒް ދެއްވި އެހީތެރިކަން ފާހަގަކޮށްލަން.

– ސަޢުދު ވިދާޅުވިއެވެ.

ގދ.ރަތަފަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އާއި އީއައިއޭގެ މަސައްކަތް ކުރުމަށް ޕްލޭނިންގ މިނިސްޓްރީން ބަޔަކާ ހަވާލުކުރީ 2019 އަހަރުގެ ޑިސެމްބަރު މަހގެ ތެރޭގައެވެ. މިއެއްބަސްވުމުގެދަށުން ރަތަފަންދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާ ޑީޓެއިލް ޑިޒައިނާއި ތިމާވެއްޓަށް ގެއްލުންވާ މިންވަރުބަލާ އެސެސްމަންޓް ހެދުން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *