މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްވެވި ރިޔާސީ ބަޔާނަށް ބެއްލެވި ކަމުގައިވިޔަސް މިނިސްޓަރ ފައްޔާޒްގ ެމިނިސްޓްރީ އާއި ގުޅޭ ކަންކަން އެންމެ ހަލުވިކޮށް ކުރިއަށްގޮސްފަވާކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގައި ބާއްވާ އެންމެ ބޮޑު އިންތިޚާބުކަމަށްވާ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިކޮނިމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށް ތާޢީދުކުރައްވާ ބޭފުޅުން ގެންދަވަނީ އެއްބަޔަކު އަނެއްބަޔަކަށް ފާޑުވިދާޅުވަމުންނެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ތާޢީދުކުރައްވަނީ މިނިސްޓަރ ފައްޔާޒަށެވެ. އޭނާ ވިދާޅުވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްވެވި ރިޔާސީ ބަޔާނަށް ބެއްލެވި ކަމުގައިވިޔަސް މިނިސްޓަރ ފައްޔާޒްގ ެމިނިސްޓްރީ އާއި ގުޅޭ ކަންކަން އެންމެ ހަލުވިކޮށް ކުރިއަށްގޮސްފަވާކަން ހާމަވާކަމަށެވެ. އަދި މިނިސްޓަރ ފައްޔާޒްގެ ގާބިލްކަމާ، މުރާލިކަމާއިއެކު އެމްޑީޕީ ހިންގާލާނެކަން ޔަޤީންކުރައްވާކަމަށްވެސް ޝިފާޢު ވިދާޅުވިއެވެ.
– ރައީސްގެ ރިޔާސީ ބަޔާނަށް ބެއްލެވި ކަމުގައިވިޔަސް @faya_i ގެ މިނިސްޓްރީ އާއި ގުޅޭ ކަންކަން އެންމެ ހަލުވިކޮށް ކުރިއަށްގޮސްފަވާނީ. އަޅުގަނަޑަށް ޔަގީންކަން އެބައޮތް ފަޔާގެ ގާބިލްކަމާ، މުރާލިކަމާއިއެކު މިޕާޓީ ހިންގާލާނެކަން- ޕާޖީ ލީޑަރ @aslamdp #MDPhingaalan pic.twitter.com/FEK3LS9jvO
— Mohamed Shifau (@mhshifau) April 7, 2022
ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އިންތިގެ ޓީމުން އެންމެ ބޮޑަށް ތުހުމަތުކުރާ އެއްކަމަކީ ފައްޔާޟު މަަސައްކަތް ކުރަނީ ރައީސް ނަޝީދު އެއްފަރާތްކޮށް، އެކަހެރިކޮށްގެން އިންތިޚާބު ކާމިޔާބު ކުރުމަށް ކަމުގައެވެ. ނަމަވެސް ތަކުރާރުކޮށް ފައްޔާޟު ވަނީ ރައީސް ނަޝީދު އެމްޑީޕީން ދުރު ކުރެވޭނެ މީހަކު ކައިރި ޒަމާނެއްގައިވެސް ނާންނާނެކަމަށް ވިދާޅުވެފައެވެ.
އަދި މަސައްކަތް ކުރައްވާނީ އެއްބައިވަންތަކަމާއިއެކު ކުރިއަށް އޮތް އިންތިޚާބުތަކުގައި ބޮޑުތަނުން އެމްޑީޕީއަށް ކާމިޔާބު ހޯދަން ކަމަށާއި، އެކަން ކުރެވޭނީ އެމްޑީޕީ ހިންގާލެވިގެންކަމަށް ފައްޔާޟު ވިދާޅުވިއެވެ.
އެމްޑީޕީ ހިންގުމުގައި ކޮންމެ ދުވަހަކުހެން މަސައްކަތް ކުރަންޖެހޭ އެންނެ މުހިންމު ފަރާތަކީ އެމްޑީޕީގެ ޗެއަޕާސަނަށްވާއިރު، މިއިންތިޚާބުގައި ވާދަކުރަން ނިންމެވީ އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރުމުގެ ވަރުގަދަ އަޒުމުގައިކަމަށް ފައްޔާޟު ވިދާޅުވިއެވެ. މިކަން ފެށިއިރު ރައީސް ނަޝީދާއިވެސް މަޝްވަރާ ކުރެއްވިކަމަށާއި، މިކަމުގައި އޭރު ރައީސް ނަޝީދުގެ ތާއީދުވެސް އޮތް ކަމަށެވެ. ނަމަވެސް ފަހުން ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫންކަމަށާއި، މަސައްކަތް ކުރާނީ އެންމެން އެކީ އެއް އަމާޒަކަށް ދިއުމަށް ކަމުގައި ފައްޔާޟު ވިދާޅުވިއެވެ.