ރަސްމާދޫއާއި ފައިނު ސްކޫލްގައި 3 ބުރީގެ ޢިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށްފި

ރަސްމާދޫއާއި ފައިނު ސްކޫލްގައި 3 ބުރީގެ ޢިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށްފި

Author
މުޙައްމަދު ޖިމީ
03 އޭޕްރިލް 2022 01:57
0

ރ.ރަސްމާދޫ ސްކޫލާއި، ރ.ފައިނު ސްކޫލުގައި 3 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރ. ރަސްމާދޫ ސްކޫލުގައި 3 ބުރީގެ އިމާރާތެއް އަދި ރ. ފައިނު ސްކޫލުގައި 3 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުންޏާ ރ. ރަސްމާދޫ ސްކޫލުގެ މަސައްކަތް ކުރުމަށް ހަވާލުކޖޮށްފައިވަނީ ވަނީ 12,839,307.38 ރ (ބާރަމިލިއަން އަށްލައްކަ ތިންސަތޭކަ ނުވަހާސް ތިންސަތޭކަ ހަތް ރުފިޔާ ތިރީސް އަށް ލާރި) އަށެވެ. މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ރ. ފައިނު ސްކޫލުގެ މަސައްކަތަށް ހަވާލުކޮށްފައިވަނީ 15,268,826.02ރ (ފަނަރަމިލިއަން ދެލައްކަ ފަސްދޮޅަސް އަށްހާސް އަށްސަތޭކަ ސައްބީސް ރުފިޔާ ދެ ލާރި) އަށެވެ. މި މަސައްކަތްވެސް 365 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.