ޕްރިޔަންކާ މަންމައަށް މާމަ ދަރިފުޅު އަދިވެސް ނުފެނޭ!

ޕްރިޔަންކާ މަންމައަށް މާމަ ދަރިފުޅު އަދިވެސް ނުފެނޭ!

Author
ފާތިމަތު ނާވީ
03 އޭޕްރިލް 2022 09:38
0

ސަރޮގެސީ މެދުވެރިކޮށް މި އަހަރު ކުރީކޮޅު އަންހެން ކުއްޖެއް ލިބިފައިވާ، ބޮލީވުޑާއި ހޮލީވުޑް އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާގެ ދަރިފުޅު އަދި ނުފެންނަ ކަމަށް އޭނާގެ މަންމަ މަދޫ ޗޯޕްރާ ބުނެފިއެވެ.

ޕްރިޔަންކާ އާއި ނިކް ޖޯނަސްގެ އަލަތު ދަރިފުޅު ލިބިފައިވާކަން ސޯޝަލް މީޑީއާ މެދުވެރިކޮށް އެމީހުން އިއުލާން ކުރީ މި އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. މިއީ މިދެމީހުންގެ ވެސް އަލަތު ދަރިފުޅެވެ.

ދާދިފަހުން މަދޫ ވަނީ އީ ޓައިމްސްއާ ވާހަކަ ދައްކަމުން އެމީހުންގެ ދިރިއުޅުމާއި ގުޅޭގޮތުން ބައެއް ވާހަކަތަށް ހިއްސާ ކޮށްފައެވެ. އެގޮތުން މަދޫ ބުނެފައިވަނީ އޭނާގެ އަލަތު މާމަ ދަރިފުޅު ފެނުމުގެ ނަސީބު އަދި ނުލިބޭކަމަށެވެ. އެއީ ކޯވިޑްގެ ސަބަބުން ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.

މީގެ އިތުރުން މަދޫ ބުނީ މާމަ ދަރިފުޅު ލިބުނު ފަހުން އެކުއްޖާއާ މެދުގައި ނޫނީ ނުވިސްނޭ ކަަމަށާއި އަވަހަށް އެ ތުއްތު ފުށްގަނޑު ފެންނާނެ ކަަމަށް އުންމީދު ކުރާކަމަށެވެ.

ޕްރިޔަންކާގެ ދަރިފުޅު ދުވަސް ނުފުރާ ވިހެއުމުގެ ސަބުބުން އަދިވެސް ހޮސްޕިޓަލުން ދޫކޮށް ނުލައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.