ޔޫއެފާ ނޭޝަންސް ލީގުގައި މިމަހު 18 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފަވާ އިންގްލޭންޑް އައިސްލޭންޑް މެޗު އެލްބޭނިޔާ ކުޅުމަށް މަސައްކަތް ކުރަމުންދާކަމަށް އިނިގިރޭސި މީޑިޔާ ރިޕޯޓްތަކުން ބުނަންފަށައިފިއެވެ.
މިމެޗު ނެޗުރަލް ވެނިއުއެއްގައި ކުޅެން ޖެހުނީ ކޮރޯނާ ވައިރެސްގެ ދެވަނަރާޅާ އެކު އިނގިރޭސިވިލާތް ލޮކްޑައުން ކުރެވި ބައެއް ގައުމުތަކުން އިނގިރޭސިވިލާތައް އެތެރެވުމަށް ހުއްދަ ނެތުމުގެ ސަބަބުންނެވެ. މިމެޗުގެ ކުރިން އައިސްލޭންޑް ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ޑެންމާކުގައިއެވެ. މިވަގުތު ޑެންމާކުން މީހުން އިނގިރޭސިވިލާތަށް އެތެރެވުން ވަނީ މަނާކޮއްފައެވެ.
އިނގިރޭސި އެފްއޭއިން ވަނީ މެޗު އިނގިރޭސި ވިލާތުގެ ވެންބިލީގައި ކުޅުމުގެ ހުއްދައަކަށް އެދިފި އަދި އެހެންނަމެވެސް އެގައުމުގެ ސަރުކާރުން އައިސްލޭންޑްގެ މެޗާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވޭއެވެ. އިނިގޭރސިވިލާތާއި ޑެންމާކުން ހަތް ޕޮއިންޓާއެކު އެއްވަރުވެފާވާއިރު ގުރޫޕްގެ އެއީ އެއްވަނާގައި ވާ ބެލްޖިއަމްވުރެ ދެ ޕޮއިންޓް މަދު އަދަދެކެވެ.