ތާޖުމަހަލްގައި އުފަންދުވަހު ކޭކުފެޅި ފުރަތަމަ ދިވެއްސަކަށް ކައިޒީން

ތާޖުމަހަލްގައި އުފަންދުވަހު ކޭކުފެޅި ފުރަތަމަ ދިވެއްސަކަށް ކައިޒީން

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2022 09:23
0

ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީންގެ އުފަންދުވަސް އިންޑިއާގެ ތާޖު މަހަލްގައި ފާހަގަކޮށްފިއެވެ.

ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު އެއް ބިނާކަމަށްވާ އިންޑިޔާގެ އާގުރާގައި ހުންނަ ތާޖު މަހަލުގައި އުފަންދުވަސް ފާހަގަކޮށް، އެފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ތާޖުމަހަލް ގައި އުފަން ދުވަސް ފާހަގަކުރި އިރު އޭނާހުރީ ކަޑިއެއް އަކުން ކޭކު ފެޅުމަށް ތައްޔާރުވެފައެވެ.

ކަޅު ކުލައިން އަޅާފައިވާ މިކޭކު ފެޅިއިރު، އޭނާ ހުރީވެސް ކަޅު ކުލައިގެ ހެދުމެއް ލައިގެންނެވެ. ކައިޒީން މިހާރު ދިރިއުޅެމުންދަނީ ރާއްޖެއިން ބޭރުގައެވެ. މީގެ ކުރިން އޭނާ ވަނީ ދުބާއީގެ ބްރިޖް ހަލީފާގަވެސް އުފަން ދުވަސް ފާހަގަކޮށްފައެވެ. އެފަހަރުވެސް ގިނަ ބައެއްގެ ޝައުގުވެރިކަން އޭނާގެ ފޮޓޯތަކަށް ލިބިގެން ގޮސްފައިވެއެވެ.

މިދިޔަ ރޯދަމަހު ދައުލަތުގެ މިޑިއާގައި ވާހަކަ ދައްކަމުން ކައިޒީން ބުނެފައިވަނީ އެނާ ބޭނުންވަނީ އޭނާ މިހާރު މޮޑެލް ކުރުމުން ރާއްޖޭގައި ދެވޭނެ އެންމެ އުހަށް ދެވިފައިވާކަމަށެވެ. ދެން ބޭނުންވަނީ މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ފަހިކޮށްދީ އެމީހުންނަށް ފުރުސަތު ތަނަވަސް ކުރުމަށް ކަމަށެވެ.

މިހާރު ދެން އެންމެ ކުރަން ބޭނުންވަނީ އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތްކޮށް، ސިޔާސީ ދާއިރާއަށް ނިކުންނަންކަމަށް ކައިޒީން ވަނީ ބުނެފައެވެ. އޭނާ ބުނީ ސިޔާސީ ގޮތުން ރާއްޖޭގައި އެންމެ މަގުބޫލު ބޭފުޅަކީ ރައީސް ޞާލިހުކަމަށެވެ. އަދި ސިޔާސީ ބޭފުޅުންގެ ތެރެއިން މިވަގުތު ނަމޫނާއަކަށް ބަލަނީވެސް ރައީސް ޞާލިހުއާއި، މެޑަމް ފަޒުނާކަމަށެވެ.

ކައިޒީން ވެފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު ފޭން ބޭސްއެއް އޮންނަ މޮޑެލް އަށެވެ. އަދި އޭނާއަކީ މޮޑެލްގެ ދާއިރާއިން އިންސްޕިރޭޝަންއެއްގެ ގޮތުގައި ބަލާ އެތައް ޒުވާނުންނެއް އުޅެއެވެ.

ކައިޒީންވެފައި ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި އެތައް ބްރޭންޑެއްގެ ބްރޭންޑް އެމްބެސެޑަރުކަން ކޮށްފައިވާ ޒުވާން މޮޑެލްއަކަށެވެ. އޭނާ ވަނީ އިންޓަނޭޝަނަލް ބައެއް ބްރޭންޑްތަކާއެކުވެސް މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ނޯޓް ކޮސްމެޓިކްސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކިލެގެފާނު
ތިޔަހެންއޮރިޔާމުއޮވެ ނަރަކަޔަވަންނަންޖެހޭނެތީބިރުނުގަނޭތަ
ހ ހުދުހުދު
ތިޔައީ ދޮގެއް..ތިޔަ ފޮޓޯއިން ފެންނަ ގޮތުގައި ތާޖު މަހައްލު ފެންނަނީ ވަރަށް ދުރުން.
ަ ައަލީ
އޮރޮޔާމުންހުރެ ކޭކުފެޅީ ތީމުސްލިމު ދިވެހިން ނައްހުރި ހުތުރެއް