އިސްލާމްދީނާ، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ތަހުނީނުކޮށް ރިޕޯޓް ނެރެފައިވާ މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)ގެ ޗެއަރޕާސަންގެ މަޤާމު ދެފަހަރެއްގެ މަތިން ފަސް އަހަރު މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް އަދާކޮށްފައިވާކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.
އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓް ނެރުނުއިރު އެޖަމިއްޔާގެ ރައީސް އަކީ މިހާރުގެ ޕީޖީ ޙުސައިން ޝަމީމްކަމަށް އެޖަމްޢިއްޔާގެ ފައުންޑަރ ޝަހިންދާ އިސްމާޢީލް ވިދާޅުވެފައިވެއެވެ. ޝަމީމް ވިދާޅުވެފައިވަނީ އެރިޕޯޓް ނެރުނުއިރު އޭނާ ދިރިއުޅެމުން ގެންދިޔައީ ރާއްޖެއިން ބޭރުގައިކަމަށެވެ. އެމްޑީއެންގެ ރައީސެއްގެ ގޮތުގައި ވަރަށް މަދު ދުވަސްކޮޅަކު ހުރި ހަނދާނެއްވާ ކަމަށާއި، ނަމަވެސް އެ ޖަމިއްޔާއިން އިސްލާމްދީނަށް ފުރައްސާކޮށް ރިޕޯޓް ނެރުނުއިރު އެ ޖަމިއްޔާގެ ރައީސަކަށް ހުންނެވީ އޭނާ ނޫން ކަމަށް މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވިއެވެ. އަދި 2014 އިން ފެށިގެން އެއްވެސް ޖަމިއްޔާއެއްގައި އަމަލީ ގޮތުން މަސައްކަތް ކޮށްފައިނުވާނެ ކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް، އެމްޑީއެން އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޙުސައިން ޝަމީމު އެ ޖަމްޢިއްޔާގެ ރައީސެއްގެ ގޮތުގައި ދެ ފަހަރެއްގެ މަތިން މަސައްކަތްކުރެއްވިކަމަށާއި، އެގޮތުން 2007 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް އެ ޖަމްޢިއްޔާގެ ޗެއާޕާސަނެއްގެ ގޮތުގައި ޝަމީމް މަސައްކަތްކުރެއްވި ކަމަށެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށްވެސް އެ ޖަމްޢިއްޔާގެ ޗެޔާޕާސަންގެ މަޤާމުގައި ޝަމީމު ހުންނެވި ކަމުގައިވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
MDN has regularly presented the relevant govt authorities with annual reports in which all such information are documented. We urge media to clarify facts before publishing news.
— Mv Democracy Network (@MDN_mv) November 8, 2020
އެމްޑީއެން އިން ވަނީ އެޖަމިއްޔާގެ މަސައްކަތުގައި ޕީޖީ ޝަމީމް ބައިވެރިވެވަޑައިގެން ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވާ އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެޖަމްޢިއްޔާގައި މަސައްކަތްކުރެއްވިކަމަށް ހާމަވެފައިވާ ތާރީޚްތަކަކީ ރަސްމީ އިދަރާތަކުގައި ހުރި ތާރީޚްތައްކަމަށްވެސް ޝަމީމްގެ ކުރީގެ އަނބިކަނބަލުން ޝަހިންދާ ނިސަބްތްވެވަޑައިގަންނަވާ އެމްޑީއެން އިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ