މޮޅުނުވާނެކަން ޔަޤީންވުމުން ދެން ފަތުރާނީ ފިތުނަކަމަށް ވިދާޅުވެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު، ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެމްޕެއިނަށް ފާޑުވިދާޅުވެއްޖެއެވެ. އިސްމާޢީލް މިގޮތަށް ފާޑުވިދާޅުވީ، ރައީސް ޔާމީން އިންތިޚާބުތަކުގައި ކުރެއްވި "މުޑުދާރު" ކަންކަން މިހާރު އެމްޑީޕީގެ ތެރެއަށްވް އިކޮނޮމިކް މިނިސްޓަރ ފައްޔާޒްގެ ވައްދާފައިވާކަމަށް ކުރީގެ ޗެއަރޕާސަން ޙަސަން ލަޠީފް ތުހުމަތުކުރެއްވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ.
ދުވާފަރު ދާއިރާގެ މެންބަރު ވިދާޅުވީ، ކެނޑިޑޭޓް ވިއްކޭނެ މޮޅު އެހެންގޮތެއް ނެތި، މޮޅުނުވާނެކަން ކަށަވަރުވީމަ ދެންފަތުރާނީ އަބަދުވެސް ފިތުނަކަމަށެވެ.
"ތިމާމެން ކުރަންވީމަ މަޖިލިސް ގޯތިތެރެ ޖަގަހައަށް، މަޖިލީސްފުލޯ ކެމްޕެއިންހަރުގެއަށް އަދި ޕާޓީގެ މައި އޮފީހާއި ވަސީލަތްތައް ކެމްޕެއިންއަށް ބޭނުންކުރުން މުޑުދާރުކަމަކަށް ނުވޭ"
– އިންތި މަޖިލީހުގެ ގޯތިތެރޭގައި އިންނެވި ފޮޓޯއަކާއެކު ކުރެއްވި ޓްވީޓްގައި އިސްމާޢީލް ވިދާޅުވިއެވެ.
ކެނޑިޑޭޓް ވިއްކޭނެ މޮޅު އެހެންގޮތެއްނެތި، މޮޅުނުވާނެކަން ކަށަވަރުވީމަ ދެންފަތުރާނީ އަބަދުވެސް ތިފިތުނަ!
ތިމާމެން ކުރަންވީމަ މަޖިލިސް ގޯތިތެރެ ޖަގަހައަށް، މަޖިލީސްފުލޯ ކެމްޕެއިންހަރުގެއަށް އަދި ޕާޓީގެ މައި އޮފީހާއި ވަސީލަތްތައް ކެމްޕެއިންއަށް ބޭނުންކުރުން މުޑުދާރުކަމަކަށް ނުވޭ????♂️ pic.twitter.com/yrmP9Wo06B— Ismail Ahmed (@N4Isse11) March 29, 2022
ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްތަރ ފައްޔާޟް އިސްމާޢީލްގެ ކެމްޕޭނު ބައްދަލުވުމެއް ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ބޭއްވި ކަމަށް ބުނާ މައްސަލައާއިގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ޙަސަން ލަޠީފް ވިދާޅުވީ، ރައީސް ޔާމީން އިންތިޚާބުތަކުގައި ކުރެއްވި "މުޑުދާރު" ކަންކަން މިހާރު އެމްޑީޕީގެ ތެރެއަށްވެސް ވަދެއްޖެކަމަށެވެ.
ޙަސަން ލަޠީފް ވިދާޅުވީ ދައުލަތުގެ ވަސީލްތައް ބޭނުންކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރުވަން ފަށާފައިވާކަމަށެވެ. އޭނާ ވަނީ މިކަން ހުއްޓުވާދެއްވުން އެދި ރައީސުލްޖުމްހޫރިއަށާއި، އެމްޑީޕީގެ އިންތިޚާބުތަކާއި ބެހޭ ކޮމިޓީގެ ރައީސް އަނަސް ޢަބްދުއްޞައްތާރަށް ގޮވާލައްވާފައެވެ.