ފުލުހުންގެ ބެލުމުގެ ދަށުގައި އިން ދޫންޏެއްގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުުހުން ބުނެފައިވަނި އާންމު ފަރާތަކުން ފުލުހުންނާ ހަވާލުކޮށްފައިވާ "ރިންގ ނެކް" ދޫންޏެއް ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު އެބައިންކަމަށެވެ. މި ދޫނީގެ ވެރިފަރާތުން މާފަންނު ޕޮލިސް ސްޓޭޝަނަށް ވަޑައިގެން ވެރިފަރާތްކަން ސާބިތުކޮށްދިނުމަށްފަހު ދޫންޏާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
އާންމު ފަރާތަކުން ފުލުހުންނާ ހަވާލުކޮށްފައިވާ ''ރިންގ ނެކް'' ދޫންޏެއް ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު އެބައިން. މި ދޫނީގެ ވެރިފަރާތުން މާފަންނު ޕޮލިސް ސްޓޭޝަނަށް ވަޑައިގެން ވެރިފަރާތްކަން ސާބިތުކޮށްދިނުމަށްފަހު ދޫންޏާ ހަވާލުވުމަށް ދަންނަވަން.
އިތުރު މައުލޫމާތު: 9660183 pic.twitter.com/rbKtDhMu6D
— Maldives Police (@PoliceMv) March 28, 2022
މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ބޭނުންވާ ފަރާތަކުން ފުލުނުންގެ 9660183 އަށް ގުޅައި މައުލޫމާތު ސާފު ކުރުމަށް ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ