ތިން ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަން ކޮށްފިއެވެ.
ތިން ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަނު ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުއްވީ، ޖޭއެސްސީގެ ރައީސް އަލްއުސްތާޛާ ހިސާން ހުސެއިންނެވެ.
ފަތްކޮޅު ޙަވާލުކުރެވިފައިވާ 03 ދާއިރާގެ އިސް މެޖިސްޓްރޭޓުންނަކީ:
ހއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ހއ. އުތީމު، ކަރަންކާގެ، އަލްއުސްތާޛު އަހްމަދު އާދަމް
ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ވ.ފުލިދޫ، ވެނިލާގެ، އަލްއުސްތާޛު އަހްމަދު ޝަރީފް
ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ގދ.ފިޔޯރީ، ދިލްބަހާރުގެ އަލްއުސްތާޛު އަބްދުލް ރައްޒާގު މުހައްމަދު
Appointment of Chief Magistrates to HA. V. and GDh. Judicial districts. pic.twitter.com/PrWnmtENsa
— Judicial Service Commission (@MaldivesJSC) March 27, 2022
ހއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރި އަލްއުސްތާޛު އަހްމަދު އާދަމް އަކީ ވިލާ ކޮލެޖް އިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ (ހޮނަރސް) ހާޞިލްކުރައްވާ، ފަނޑިޔާރުކަމުގައި 19 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރި އަލްއުސްތާޛު އަހްމަދު ޝަރީފް އަކީ ވިލާ ކޮލެޖް އިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓަރސް އޮފް ޝަރީޢާ އެންޑް ލޯ ހާޞިލްކުރައްވާ، ފަނޑިޔާރުކަމުގައި 28 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރ އަލްއުސްތާޛު އަބްދުލް ރައްޒާގު މުހައްމަދު އަކީ ވިލާ ކޮލެޖް އިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ހާޞިލްކުރައްވާ، ފަނޑިޔާރުކަމުގައި 19 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.