ތިލަފަތުގެ ރަމްޒޭ ކިޔައި ސަރުކާރު ވައްޓާލަން އުޅޭބަޔަކު އެމްޑީޕީގައި އުޅޭކަމުގެ ތުހުމަތު ކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެންނެވި އައްޑު އަތޮޅު މަރަދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެދައިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އުފެދިފައިވާ ވާދަވެރިކަމުގެ ޖޯޝުގައި ވާހަކަ ދައްކަވާފައެވެ.
ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ތެރެއިން "ތިލަފަތުގެ" ރަމްޒޭ ކިޔައިގެން ސަރުކާރު ވައްޓާލަން އުޅޭބަޔަކު އެމްޑީގައި އުޅޭކަމަށެވެ. "ތިލަފަތުގެ" ރަމްޒަކީ އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟާއި ވާދަކުރައްވާ އިންތިޔާޒު ފަހުމީގެ ކެމެޕްޕެއިން ސްލޯގަންއެވެ. ފައްޔާޟުވެސް ބައިވެރިވި މިޖަލްސާގައި ޝަރީފް ވިދާޅުވީ ރާއްޖެއަށް ދިމަވި އިޤްތިޞާދީ ބޮޑު ކާރިސާގައި ޤައުމު ސަލާމަތް ކޮށްދެއްވީ ރައީސް ޞާލިހާއި، ފައްޔާޟު އިސްމާއިލްކަމަށެެވެ.
ނަމަވެސް އޭރުވެސް އަދި މިހާރުވެސް މިކަންކަމާއި ދެކޮޅު ހަދައި، އެމަސައްކަތަކީ ނުވާ ކަމެއްކަމަށް ހަދަން އެމްޑީޕީ ތެރެއިންވެސް ބަޔަކު މަސައްކަތް ކުރަމުންދާކަމަށެވެ. އެފަދަ މެމްބަރުންނަކީ ރާއްޖެ ކޮންމެ ގޮތަކަށް ދިޔަޔަސް، ބަނޑަށް ޖެއްސިގެން ދިޔަޔަސް ވަރިހަމަ ބައެއްކަމށް ޝަރީފް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި އެބަތިބި ތިލަފަތުގެ ރަމްޒުގެ މީހުންނޭ ކިޔާބަޔަކު ރައްޔިތުން ބަނޑަށް ޖެހުނަސް ސަރުކާރު ވައްޓާލަން ބޭނުންވާ.އަޅުގަނޑުމެން މަނިކުފާނުގެ ސަރުކާރު ވައްޓާލަން ކުޑަވެސް ފުރުސަތެއް ނުދޭނަން.
– ޝަރީފް ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ޝަރީފް ވިދާޅުވީ ކޮވިޑް 19ގެ އުދަނގޫ ވަގުތުގައި ރައީސް ސޯލިހް ވަރަށް ހިކުމަތްތެރިކަމާ އެކު މުހިއްމު ނިންމުންތަކެއް ނިންމަވާ ދިވެހި ރައްޔިތުންނަށް ލިބުނު ގެއްލުން ކުޑަކުރެއްވި ކަމަށެވެ. ޝަރީފް ވަނީ މިހާލަތުގައި ރާއްޖެއައި އަވަށްޓެރި ޤައުމުތަކުން ވެދިން އެހީތަކާއި، އަދި އެފަދަ އެހީތައް ހޯދުމުގައި ދިވެހި ސަރުކާރާއި، ޚާރިޖިސްޔާ އަދާކުރި ދައުރަށް ތައުރީފް ކުރައްވާފައެވެ.
President @ibusolih inaugurates Maradhoo Harbour. The Project was undertaken by @MTCCPlc pic.twitter.com/lTtXMdpq9A
— The President's Office (@presidencymv) March 27, 2022
ޝަރީފްގެ މިވާހަކަތަކާއި ގުޅިގެން އިންތިއަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން ދަޏީ ބަހުގެ ހޫނު ހަމަލާތަކެއް ޝަރީފަށާއި، ފައްޔާޟުގެ ޓީމަށް ދެމުންނެވެ. އަދި މިއީ ސަރުކާރުން ބާއްވާ ބޮޑެތި ހަފްލާތަކުގައި އެމްޑީޕީގެ އިންތިޚާބުގެ ވާދަވެރިކަން ވައްދައި، ޕާޓީ ހަލާކުކޮށްލަން ކުރާ މަސައްކަތެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ކޮމެންޓު ފޮނުވާ