ސްޓެލްކޯގެ އައިޓީ ނެޓްވޯކްތަކަށް ރެންސަމްވެއާ ހަމަލާއެއް ދިނުމުން އޮންލައިން ހިދުމަތްތަކަށް ބުރޫއަރައިފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ރެންސަމްވެއަރ އެޓޭކަކާއި ގުޅިގެން ސްޓެލްކޯގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތެއް ބުރާސްފަތި ދުވަހުން ފެށިގެން ވަނީ މެދުކެނޑިފައި ކަމަށެވެ.
މި އެޓޭކާއި ގުޅިގެން، ކުންފުނީގެ އައިޓީ ނެޓްވޯކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ކަސްޓަމަރުންނަށް އޮންލައިންކޮށާއި، ކައުންޓަރުތައް މެދުވެރިކޮށް ދެމުންއައި ހިދުމަތްތައް އަލުން ފޯރުކޮށް ދިނުމަށް އަދިވެސް އިތުރުވަގުތު ނަގާނެކަމަށް ބެލެވޭކަމަށެވެ.
ރެންސަމްވެއަރ އެޓޭކަކާއި ގުޅިގެން މިކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތެއް ބުރާސްފަތި ދުވަހުން ފެށިގެން ވަނީ މެދުކެނޑިފައި. މި އެޓޭކާއި ގުޅިގެން، މިކުންފުނީގެ އައިޓީ ނެޓްވޯކަށް ދިމާވެފައިވާ
— STELCO (@STELCOMALDIVES) March 27, 2022
މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށްޓަކައި، ސްޓެލްކޯގެ އައިޓީ އިންޖީނިއަރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށްވެސް ވަނީ ބުނެފައެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ