މާލޭގެއެއްގައި ވަޅުލާފައި ހުއްޓާ އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅޭކަމުގެ ތުހުމަތުގެ ތުހުމަތުގައި ހައްޔަރުކުރި އަހްމަދު ހުސެއިން ފިލަންވެގެން ފޯނާއި ފޯނު ނަންބަރު ބަދަލުކުރި ކަމަށް ފުލުހުން ބުނެފިއެވެ.
އަހުމަދުގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި ހުށަހެޅި ކަންކަަމަށް ރިއާޔަތްކުރައްވައި ގާޒީ ސަފްއަތު ހަބީބު ވަނީ އަހްމަދުގެ ބަންދަށް 10 ދުވަސް އިތުރުކުރަން އަމުރުކުރައްވައިފިއެވެ. ފުލުހުން ބުނެފައިވަނީ އަހުމަދު ފިލަންވެގެން ގެން ގުޅުނު ފޯނާއި، ނަންބަރުވެސް ބަދަލު ކުރިކަމަށެވެ. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ހޯދިތާ 12 ވަރަކަށް ގަޑިއިރު ފަހުންނެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ބުރާސްފަތިދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި 42 ކިލޯގެ މަސްތުވާތަކެތި ގެއެއްގެ ތެރޭގައި ވަޅުލާފައި ހުއްޓާ ވަނީ ހޯދާފައިވާއިރު، މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ޕީއެންސީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަހްމަދު ޙުސައިންއެވެ.
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި އުޅޭ ބަޔަކާ ގުޅުން އޮތް ކަމަށް ބެލެވޭ މަސްތުވާތަކެތި ހުރީ އައިޖީއެމްއެޗް ކައިރީގައި ހުންނަ، ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓުގެ އޮފީސް ކުރިމަތީގައި ހުރި ގެއެއްގެ ޓައިލްސް ދަށުގައެވެ. ދެ ބުރިއަށް ހަދާފައިވާ އެ ތަނުގައި މީހުން ދިރިނޫޅޭ ކަމަށްވެއެވެ.
މިމައްސަލާހައި އަހުމަދު ވަނީ ޕީޕީއެމް ކައުންސިލުން ވަކިކޮށް، ޕީޕީއެމްގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައެވެ. އަދި އޭނާގެ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގްކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އިދިކޮޅުން ވަނީ ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ