މިއަދު ބޭއްވި ތިން އިންތިޚާބުގެ ތެރެއިން ވާދަކުރި ދެ އިންތިޚާބުވެސް އިދިކޮޅު ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން ކުރެންދޫ ދާއިރާގެ ރައީސްކަމުގެ ގޮޑި ކާމިޔާބު ކޮށްފައިވާއިރު، ފ.ނިލަންދޫ އަންހެނުންގެ ކޮމެޓީގެ ގޮޑިވެސް ކާމިޔާބުކުރީ ޕީޕީއެމްގެ ކެނޑިޑޭޓެވެ.
ނިލަންދޫ އަންހެނުންގެ ކޮމެޓީގެ ގޮޑިއަށް 5 ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ އަމިއްލަ ގޮތުން 3 ކެނޑިޑޭޓުންނާއި، އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީގެ ކެނޑިޑޭޓެކެވެ. ޕީީޕީއެމްގެ ކެނޑިޑޭޓް ރަނިއްޔާ ނަޞީރު މިއިންތިޚާބު ކާމިޔާބު ކުރީ ބޮޑު ތަފާތަކުންނެވެ. އޭނާ މިއިންތިޚާބު ކާމިޔާބުކުރީ 247 ވޯޓުންނެވެ.
1. މުނީރާ އިބްރާހީމް ޠާހިރާ އިސްމާޢީލް، 229 ވޯޓު
2. ޚަދީޖާ ޢަލީ، / އެމްއެންޕީ 223 ވޯޓު
3. ޠާހިރާ އިސްމާޢީލް، / އަމިއްލަގޮތުން 85 ވޯޓު
4. ރަނިއްޔާ ނަޞީރު / ޕީޕީއެމް 247 ވޯޓު
5. އާމިނަތު ޢަލީ، / އަމިއްލަގޮތުން 151 ވޯޓު
މިއަދު ބޭއްވި އަންހެނުންގެ ކޮމެޓީގެ އިންތިޚާބުގެ ތެރެއިން ދ.މީދޫ އިންތިޚާބު ކާމިޔާބު ކުރީ އެންޑީއޭގެ ކެނޑިޑޭޓެވެ. ދ.މީދޫ އިންތިޚާބުގައި ވާދަކުރަނީ 4 ކެނޑިޑޭޓުންނެވެ. މިއިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އެމްއެންޕީއާއި، އެމްޑީއޭގެ އިތުރުން އަމިއްލަ ގޮތުން ކެނޑިޑޭޓަކު ވާދަކުރެއެވެ.
1. އާމިނަތު ފަޒްނާ، / އެމްޑީޕީ 120 ވޯޓް
2. ޝުޢުލާ ވަޙީދު / އެމްއެންޕީ 208 ވޯޓު
3. ހުދުނާ ޢަބްދުލްޢަޒީޒު / އެމްޑީއޭ 353 ވޯޓު
4. ޢާއިޝަތު ސަމާ / އަމިއްލަގޮތުން 74 ވޯޓު
މިއަދު ބޭއްވި އިންތިޚާބުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނު ކުރެންދޫ ކައުންސިލް ރައީސްގެ އިންތިޚާބަކީ އެމްޑީޕީން ވަރަށް ބޮޑަށް ކާމިޔާބު ކުރަން ބޭނުންވި އިންތިޚާބެކެވެ. އެގޮތުން ގިނަ އަދަދެއްގެ މަޝްރޫޢު ފަށައި ކަންތައްތަކެއް ކުރެއްވި ނަމަވެސް މިއިންތިޚާބު 49 ވޯޓުގެ ތަފާތަކުން ޕީޕީއެމްގެ ޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ