"ހިޔާ" މަޝްރޫއުގެ ދަށުން ހަދާފައިވާ 7000 ފްލެޓްގެ ތެރެއިން އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީއިން ކުރީސަރުކާރުން ދޭންނިންމާފައިވާ 500 ފްލެޓްގެ ތެރެއިން 77 ފްލެޓް އުނިކޮށްފައިވާ މައްސަލާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖަބިރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ޖާބިރު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ނިމިދިޔަ ސަރުކާރުން "ހިޔާ" މަޝްރޫއުގެ ދަށުން ހަދާފައިވާ 7000 ފްލެޓްގެ ތެރެއިން އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީއިން ކުރީސަރުކާރުން ދޭންނިންމާފައިވާ 500 ފްލެޓްގެ ތެރެއިން 77 ފްލެޓް އުނިކޮށް މިސަރުކާރުން ނޮވެންބަރ 4، 2020ގައި ގެޒެޓްކުރި ލިސްޓާއި ގުޅިގެން އެތަކެއް ރައްޔިތުންގެ ޝަކުއާދަނީ ލިބެމުންދާކަމަށެވެ.
ބޯހިޔާވަހިކަމަކީ މާލޭގައި ދިރިއުޅެމުންދާ ހުރިހާ ޔާރައްޔިތުންގެވެސް އެންމެ ބޮޑު އެއްކަންބޮޑުވުމަށްވެފައި، މިސަރުކާރުން މިކަމަށް ހެޔޮބަދަލްތަކެއް ގެނެސްދެއްވާނެކަމަށް ވައުދުވެ، މިފަދަ ދޯހަޅި ގޮތަކަށް ކަންކަން ވެގެންދިއުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ޖާބިރުގެ މައްސަލަގައި ބުނެފައިވެއެވެ. ހަމައެފަދައިން އެހެން ކެޓަގަރީތަކުގެ ކަންކަންވެސް ދިޔަކަމުގެ ޝަކުވާ ބޮޑުވެފައިވާ މިދަނޑިވަޅުގައި ބޯހިޔާވަހިކަމަށް އެދެވޭ ހައްލަކަށްވާނީ އެހެން ރަށްރަށުންވެސް ގޯތިދޭ އުސޫލުން މާލޭ ރައްޔިތުންނަށްވެސް ހިލޭ ގޯތިލިބުންކަމަށެވެ. އަދި ވަގުތު ސަލާމަތްކުރުމަށްޓަކައި ވަގުތުން ވަގުތަށް މިކަންކަން ހަމަޖެއްސުމަށް ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ