ޔޫކުރެއިން ހަނގުރާމާގައި, ރަޝިއައާއި ދެކޮޅަށް މުޅި ޔޫރަކާއި އެމެރިކާވަނީ އެއްގަލަކަށް އަރާފައި

އެމެރިކާއާއި ނޭޓޯގެ ލީޑަރުން އިމަޖެންސީ ސަމިޓަކަށް ބްރަސަލްސްއަށް ވަޑައިގެންފި

އެމެރިކާއާއި ނޭޓޯގެ ލީޑަރުން އިމަޖެންސީ ސަމިޓަކަށް ބްރަސަލްސްއަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޖޯ ބައިޑްންއާއި، ނޭޓޯގެ ލީޑަރުން، އެމަޖެންސީ ސަމިޓަކަށް ބްރަސަލްސްއަށް ވަޑައިގެންފިއެވެ.

އެމެރިކާއާއި ނޭޓޯގެ ގައުމުތަކުގެ ލީޑަރުން ބްރަސަލްސްގައި ބައްދަލު ކުރައްވަމުން ގެންދަވަނީ، ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިތާ އެއްމަސް ފުރުނު ދުވަހުއެވެ. އަދި ރަޝިއާއިން ޔޫކުރެއިންގެ ވެރިރަށް ހިފުމަށް ކުރަމުން އަންނަ ހަނގުރާމާގައި ކުރިއެރުން ނުލިބި، ރަޝިއާއިން ހިފާފައިވާ ބައެއް އަވަށްތައް ޔޫކުރެއިން އަލުން ހިފަން ފަށާފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކުރަން ފަށާފައި ވަނިކޮށެވެ.

ޔޫކުރެއިންގެ ހަގުރާމަ އަދިވެސް އިތުރަށް ގޯސްވަމުން ދާއިރު، އެމެރިކާއާއި ނޭޓޯގެ ލީޑަރުން ބްރަލްސްގައި ކުރިޔަށްދާ ސަމިޓުގައި މުހިންމު ނިންމުންތަކެއް ނިންމާނެކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އޭގެ ތެރޭގައި، ނޭޓޯގެ އީސްޓަން ފްލޭންކްގެ (އިރުމަތީގެ ގައުމުތަކުގެ) ރައްކާތެރިކަން އިތުރު ކުރުމާއި، ޔޫކުރެއިންއަށް ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަން އިތުރު ކުރުމަށާއި، އަދި އޭގެ އިތުރުން ސައިބަރ ސެކިއުރިޓީގެ އެހީތެރިކަންވެސް ޔޫކުރެއިންއަށް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

ނޭޓޯގެ އިމަޖެންސީ ސަމިޓް ފެށިގެން ކުރިޔަށް ދާއިރު، ޔޫކުރެއިންގެ ރައީސް ޒެލެންސްކީވަނީ، ރަޝިއާގެ އުދުވާންއަށް އެއްމަސް ފުރިގެން ދިޔަ ތާރީޚާއި ދިމާކޮށް، ރަޝިއާގެ އުދުވާންއާއި ދެކޮޅަށް އިހުތިޖާޖު ކުރުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ. އަދި ޒެލެންސްކީ ވިދާޅުވެފައި ވާގޮތުގައި، ނޭޓޯގެ މި ސަމިޓަށްފަހު ހަގީގީ ރަހުމަތްތެރިން ފާޅުވެގެން ދާނެކަމުގައެވެ. ނޭޓޯގެ މި ސަމިޓުގައި ވީޑިއޯ ލިންކު މެދުވެރިކޮށް ޒެލެންސްކީ ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދެމުންދާތާ އެއްމަސް ފާއިތިވެގެން ދިޔައިރު، ޔޫއެންގެ ކުޑަކުދިންނާބެހޭ އޭޖެންސީ ޔުނިސެފްއިން ބުނެފައިވަނީ، މި ހަގުރާމާގައި މިހާތަނަށް ޔޫކުރެއިން ކުޑަކުދިންގެ އާބާދީގެ ދެބައިކޮށްފަ އެއްބައިކުދިން މިހާރު ގެދޮރު ދޫކޮށް ގޮސްފައިވާ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *