ބޮލީވުޑްގެ ސުޕަރސްޓާ ސަލްމާން ޚާން ނޫސްވެރިއަކާ ބޭއަދަބީ ބަހުން ވާހަކަދެއްކުމުގެ މައްސަލައެއްގައި ކޯޓަށް ހާޒިރު ވާން އަންގައިފިއެވެ.
މި މައްސަލަ ހުށައަޅާފައިވަނީ ނޫސްވެރިއެއް ކަމުގައިވާ އަޝޯކް ޕާންޑޭއެވެ. މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނި 2019 ވަނަ އަހަރުއެވެ.
މި ދައުވާއާ ގުޅިގެން އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގެ ކުރިން އަނދޭރީ މެޖިސްޓްރޭޓް ކޯޓަށް ސަލްމާން ހާޒިރުވުމަށް އަންގާފައިވާ ކަމަށް ޚަބަރުތަށް ބުނެއެވެ.
ސަލްމާންގެ އިތުރުން މި މައްސަލާގައި ސަލްމާން ގެ ބޮޑީގާޑް ވެސް ކޯޓަށް ހަޒީރުވުމަށް ވަނީ އަންގާފައިއެވެ.
ސަލްމާނަށް މީގެ ކުރިންވެސް ވަނީ މި ފަދަ މައްސަލަ ތަކާއި ކުރިމަތި ވެފައެވެ. ހިތްހަމަނުޖެހިގެން ނޫސްވެރިންނާ ކުރިމަތިލައި، ތަޅާފޮޅުމަކަށް ގޮސްފައިވެސް އެބަހުއްޓެވެ. އެހެން ކަމުން ގިނަ ނޫސްވެރިން ގަބޫލު ކުރާ ގޮތުގައި ސަލްމާނަކީ ރުޅި ކޮންޓްރޯލް ނުކުރެވޭ އެކްޓަރެކެވެ.
Mumbai | Andheri Magistrate Court summons Salman Khan to appear on April 5 in a 2019 case filed by a journalist Ashok Pandey for allegedly misbehaving with him. Court has summoned the actor for offences under IPC sections 504 and 506
— ANI (@ANI) March 22, 2022
ސަލްމާން މިހާރު އަންނަނި އޭނާގެ ކުރިއަށް އޮތް ފިލްމު "ޓައިގާ 3″ ގެ މަސައްކަތް ތަކާއި "ކަބީ ޢީދު ކަބީ ދިވާލީ"ގެ މަސައްކަތްތައް ކުރަމުންންވެ.