މިއަދު މެންދުރު ފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު މެންދުރުފަހު 2:00 އިން 3:30 އަށް ކަރަންޓް ކެނޑިދާނެ ކަމަށެވެ.
ކަރަންޓް ކެނޑޭނީ ހެންވޭރާއި، ގަލޮޅު އަވަށުގެ ކަށިމާ ހިނގުމާއި، ބުރުޒުމަގާއި، ލޮނުޒިޔާރަތްމަގުގެ އިތުރުން މޫނިމާހިނގުމާއި، އިރުދޭމާ ހިނގުމާއި، ދޮންއަދަރާދަ ހިނގުން ހިމެނޭ ސަރަހައްދުންނެވެ.
މިކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، 24/03/2022 ވާ ބުރާސްފަތި ދުވަހު (މިއަދު) މެންދުރު 14:00 އިން 15:30 އަށް ހެންވޭރާއި ގަލޮޅުގެ ކަށިމާ ހިނގުމާއި، ބުރުޒުމަގާއި، ލޮނުޒިޔާރަތްމަގުގެ އިތުރުން، މޫނިމާހިނގުން އަދި އިރުދޭމާ ހިނގުމާއި، pic.twitter.com/UI5yu2UBzE
— STELCO (@STELCOMALDIVES) March 24, 2022
ކަރަންޓް ކެނޑޭ ވަގުތު ކަސްޓަމަރުންނަށް ކުރިމަތިވާ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ.
މީގެ އިތުރުން ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ އައިޓީ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދެމުންގެންދާ ހިދުމަތްތަކާއި، މޯބައިލް އައުޓްލެޓްތަކާއި، ކައުންޓަރުތައް މެދުވެރިކޮށް ދެމުންއައި ހުރިހާ ހިދުމަތެއް މެދުކެނޑިފައިވާ ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
ކޮމެންޓު ފޮނުވާ