އައްމަޓީ ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އައްމަޓީ ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

ގުޅުންހުރި

މަކަރާއި ޙީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)، ޝަރުތުތަކަކާއެކު އައްމަޓީ ދޫކޮށްލި މައްސަލަ އަނެއްކާވެސް ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އައްމަޓީ ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

މިއީ އައްމަޓީ ހައްޔަރުކުރި ފަހުން ކޯޓުން އޭނާ ދޫކޮށްލި ތިންވަނަ ފަހަރެވެ. އެންމެ ފަހުން އައްމަޓީ ދޫކޮށްލައިފައިވަނީ އޭނާގެ އަންހެން ކޮއްކޮ އާއި ދައްތަ ޖާމިނުކުރުމަށްފަހު ކަފާލާތުގެ ދަށުންނެވެ. ކްރިިމިނަލް ކޯޓުގައި މިމަހުގެ 20 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި، އައްމަޓީ ފިލާފާނެ ކަމަށްޓަކައި އޭނާގެ ބަންދު ދެމެހެއްޓުމަށް ދައުލަތުން ވަނީ އެދިފައެވެ. އައްމަޓީގެ ސިއްހީ ސަބަބުތަކެއް ހުއްޓަސް، ގަވާއިދުން އޭނާ ޑޮކްޓަރަށް ދައްކަމުންގެންދާ ކަމަށާއި އަދި އޭނާގެ އޮޕަރޭޝަން ކުރުމަށްޓަކައި ޑޮކްޓަރުގެ އެޕޮއިންޓްމަންޓަށްވެސް އެދިފައިވާކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

އައްމަޓީ ދޫކޮށްލަން އަމުރުކޮށްފައިވަނީ ޝަރުތަކާއެކުއެވެ. އެ ޝަރުތުތައް ދައުލަތަށާއި އައްމަޓީއަށް އަންގަވާނެކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް ހަދަން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް އެކުންފުނީގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރު މާޗްމަހުގެ 24 ވަނަ ދުވަހުއެވެ.

އައްމަޓީ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މިއީ އެނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ، 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ