ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ތިން މީހަކު އަދު ވައްކަލުމުގެ މައްސަލައެއްގައި އެކަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން އިއުލާންކޮށްފައިވާ މީހުންގެ ތެރެއިން ވައްކަމުގެ މައްސަލާގައި ހޯދަމުންދަނީ ށ. މިލަންދޫ / ރެވެނިޔު، އާދަމް ޝަމީމް (33އ)އެވެ. އޭނާ ހާޒިރުވާން އަންގާފައިވަނީ މިމަހުގެ 30 ވަނަ ދުވަހު 13:30 އަށް ށ. މިލަންދޫ ޕޮލިސް ސްޓޭޝަނަށެވެ.
ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ހޯދަން އިއުލާންކޮށްފައިވާ މީހުންގެ ތެރެއިން އިން ކ. މާލެ / މއ. ކަޅުފެހިގ، ޖަޢުފަރު ޝަފީޢު (51އ) ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހުގެ 24 ވަނަ ދުވަހުގެ 11:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ގއ. ވިލިނގިލި / ވިޜަން، މުޙައްމަދު ޢާޞިމް ބުޝްރީ (33އ) ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހުގެ 24 ވަނަ ދުވަހުގެ 11:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
އަދި ސ. ހިތަދޫ / ހައިސިންތުމާގެ، ޢަލީ މުފީދު ޙުސައިން (58އ) ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2022 މިމަހުގެ 24 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މި މީހުންނާއި، ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ