"އިންޑިއާ އައުޓް" ހަރަކާތަކީ ޑްރަގު ނެޓްވޯކްތާއި ގުޅުންއޮތް ހަރަކާތެއްކަމަށް ސަރުކާރުން ތުހުމަތު ކުރަމުންދާއިރު، އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ ޑްރަގު ނުހުއްޓުވެނީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓަރ) ސުވާލު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހުއްޓުވުމުގެ ކުއްލި މައްސަލައިގެ ބަހުސްގައި އެ ހަރަކާތް ޑްރަގް ވިޔަފާރިތަކާއި ގުޅުވައިގެން އެމްޑީޕީގެ މެންބަރުން ވަނީ ވާހަކަ ދައްކާފައެވެ.
މިވާހަތަކަށް ރައްދު ދެއްވަމުން މޮސްޓަރ ވިދާޅުވީ ޑްރަގާއި "އިންޑިއާ އައުޓް" ހަރަކާތާއި ގުޅުވަނީ ކޮން މަޤްސަދެއް އޮވެގެން ކަމެއް ސާފު ނުވާކަމަށެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ޑްރަގު އެތެރެ ކޮށްފައިވަނީ މިސަރުކާރުގެ ވެރިކަމުގައި ކަމަށްވާއިރު، އިންޑިއާއިން އެތެރެ ކުރާ އެއްވެސް ޑްރަގެއް މިއަދާއި ހަމައަށްވެސް ނުހުއްޓުވެނީ ކީއްވެތޯ މޮސްޓަރ ވަނީ ސުވާލު ކުރައްވާފައެވެ.
ދެން މިތާ އޮޅުވާލަން އެބަބުނޭ ޑްރަގޭ، މަނީ ލޯންޑަރިންއޭ، މިދެވި ތާރީހުގައި އެންމެ ގިނަ ޑްރަގު އެންމެ އަގުހެޔޮކޮށްނާއި ހުރިހާ ގޮތަކުން މިގައުމަށް ވަދެފައި އޮތީ މިފަސް އަހަރުގައި. ކީއްވެބާ އިންޑިއާ އިން އެތެރެވާ އެއްވެސް ޑްރަގެއް ނުހުއްޓުވުނީ. ހުއްޓުވުނުތޯ ވައްދަން އުޅުނު. ނުހުއްޓުވޭ.
– މޮސްޓަރ ވިދާޅުވިއެވެ.
މޮސްޓަރ ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ނުރައްކާވާހަކަމަށް ބުނެ މިހާތަނަށް ވަހަކަ ދެއްކުން ފިޔަވައި ދެއްކުނު އެއްވެސް ސަބަބެއް ނެތްކަމަށެވެ. ސަލަމާތީ ބާރުތަކުންވެސް މިއީ ވަރަށް ނުރައްކާތެރި ހަރަކާތެއްކަމަށް ބުނަމުދާއިރު މިހަރަކާތް ނުރައްކާވާ ގޮތެއް ނުރައްކާވާންޖެހޭ ސަބަބެއް ވިދާޅު ނުވެވޭކަމަށެވެ.
ދެން މިބުނަނީ މިތާގަ ތިމަންނަ މެމްނަށް މިވޮނި ކަމަށް ނުރައްކަލޭ. ނަމަވެސް ނުރައްކާ ސަބަބެއް އެމްއެންޑީއެފަށްވެސް ޑިފެންސް މިނިސްޓްރީއަށްވެސް ނުބުނެވުނު، ހޯމް މިނިސްޓްރީއަކަށްވެސް ނުބުނެވުނު ނުރައްކާވާ ސަބަބެއް.
– މޮސްޓަރ ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ އިންޑިއާ އައުޓްގެ ބޮޑު ހަރަކާތެއް "ނޭވާހޮޅިއަށް" ނަމުގައި ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައެވެ. ނަަވެސް ފުލުހުން ބުނެފައިވަނީ މިހަރަކާތް ނުބޭއްވޭނެކަމަށެވެ. އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ، ޤާނޫނު އަސާސީން ލިބިފައިވާ ޚިޔާލްފާޅު ކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސް ނޭޅޭނެކަމަށެވެ. އަދި ހަރަކާތް ކަނޑައެޅިފައިވާ ގޮތަށް އޮންނާނެކަމަށެވެ.
2 Responses
އިންޑިޔާއުން ޑްރަގް އެތެރެ ކުރައްވާ ކަމަށް އިއުތިރާފު ވެލައްވަނީތ؟ ޕޮލިސް އިން މިކަން ބައްލަވާދެއްވާ!
ޑުރަގުވިޔަފާރީގެވާދަވެރިކަންދޯ އެކަކއްވެފަ އަނެކަކައްނުވާތިދޯ ލާރިޔައިގެންހޭބަލިވަނީ ރާއްޖޭގައަދި ޑުރަގުވިއްކަން ލައިސަންަް ދޭނެ